Worker candid portraits of the Crenshaw line in Los Angeles, CA

އިމާރާތް ކުރުމުގެ ދާއިރާގައި އުޅޭ މުވައްޒަފުން ވެކްސިން ޖަހަން އިލްތިމާސްކޮށްފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އުޅޭ ހުރިހާ މުވައްޒަފުން ވެކްސިން ޖެހުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން އެދިވަޑައިގަނެފިއެވެ.

އެ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު އަލީ ޖަނާހު ސޮއިކޮށް، ނެރުނު ސަރކިއުލަރ އެއްގައި ބުނީ، ކޮވިޑް19ގެ ބަލިމަޑުކަމާއެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރިމަތިވި ގެއްލުންތަކާއި، ނޭދެވޭ އަސަރުތައް ކުޑަކޮށް އަލުން މަސައްކަތް ފަށައިގަތުމުގައި އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ވެކްސިން ދިނުމުގެ ސަބަބުން އަލަށް އުޞޫލުތަކުގެ ތެރެއިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމާއި، މަސައްކަތްތަކާއި ގުޅިގެން ކުރެވޭ މުޢާމަލާތުތަކުގައި ފަސޭހަ އަދި ކުންފުންޏަށް ފައިދާކުރާނޭ ކަންކަން ހިމެނިގެންދާނެކަމަށް އެމްއެންއޭސީއައި އިން ބުންޏެވެ. އަދި ސަރުކާރުން ކުރިއަށް ގެންދަވާ ވެކްސިންގެ ޕްރޮގްރާމްގައި ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރި ކުރައްވައި ވެކްސިން ޖެހުމަށް ބާރުއަޅުއްވައި މި ޕްރޮގްރާމަށް އެއްބާރުލުން ދެއްވުމަށް އެދިފައިވެއެވެ.

"ސަރުކާރާއި މަޝްވަރާކޮށް މިއެސޯސިއޭޝަނުން މަސައްކަތް ކުރަމުން މިގެންދަނީ ތިޔަ ކުންފުނީގެ މަސައްކަތްތަކަށް ހުއްޓުމެއް އަދި ދަތިކަމެއް ނާންނާނޭ ފަދަ އިންތިޒާމެއްގެ ތެރެއިން ތިޔަ ކުންފުނީގައި މަސައްކަތް ކުރައްވާ ދިވެހި އަދި ބިދޭސީ މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ދެވަނަ ޑޯޒް ދެވި މަސައްކަތުގެ މާޙައުލަށް ރައްކާތެރި ކަމެއް ގެނެވޭނޭ ގޮތްތަކެއް ހަމަޖެއްސުމަށެވެ."، އެމްއެންއޭސީއައި އިން ނެރުނު ސަރކިއުލަރ ގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ