އަލަށް ތަރައްޤީކޮށް ނަލަކޮށްލާފައިވާ މުނިޔާމަގު ރޭގަނޑުގެ ހިތްގައިމު ވަގުތުގައި - ފެށުން ފޮޓޯ: ވިސާމް

މުނިޔާ މަގުގެ ބްލޮކްތަކުގައި ގާޑެން ލައިޓް ހަރުކޮށް ނަލަކޮށްލައިފި

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ދަށުން މުނިޔާ މަގުގެ ބްލޮކް 313, 325 އަދި 336 ގާޑްން ލައިޓް ހަރުކޮށް މަގު އެއްކޮށް ޒީނަތްތެރިކޮށް ދިއްލައިލައިފިއެވެ.

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ހަދާ މުނިޔާ މަގުގެ ބްލޮކްތައް ޒީނަތްތެރިކުރުމުގެ މަސައްކަތަކީ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްގެން މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

މާލެ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ފުލޫނިޔާމަގާއި މުނިޔާ މަގުވެސް އެންމެ ޒަމާނީ އަދި ހިތްފަސޭހަ ގޮތްތަކަށް އާރު.ޑީ.ސީ އިން ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މި މަގުތައް އަލުން ތަރައްޤީކޮށްފައި ވަނީ ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަށެވެ. އަދި ހިތްފަސޭހަކަން ގެނެސްދިނުމަށް ގަސްއިންދާފައިވާ ގަސްމުށިތައް މަގުގެ އަރިމަތީގައި ބަހައްޓާ، ޒަމާނީ ސްޓްރީޓް ލައިޓް ވަނީ ހަރުކޮށްފައެވެ.

މާލެ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން އަލުން ހަދާފައިވާ މި މަގުތަކަށް ބަލާލުމުން، މާލޭގެ ތޮށްޖެހިފައިވާ މަގުތަކާއި ހިލާފަށް، ހިތަށް ހިތްހަމަޖެހުން ގެނެސްދެއެވެ. މި މަގުތަކުގެ ފުރިހަމަކަމާއެކު، މީސްމީޑީއާގައި މީހުން އަންނަނީ މި ވާހަކަތައް ހިއްސާކޮށް ފޮޓޯތައް ވެސް ހިއްސާކުރަމުންނެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެ ވަޑައިގެންނެވިއިރު، މުއިއްޒު ވަނީ މާލެގެ މަލަމަތި ބަދަލުކޮށްލާ ޗާލު މާލެ އަކަށް ހަދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކްޝަން ޕްލޭންގެ އަމާޒެއްގެ ގޮތުން މާލެ އަކީ ޗާލު ސިޓީއެއްގެ ގޮތުގައި ތަރައްގީކޮށް،  މާލެ ސިޓީގައި އެއް ލައްކަ ގަސް އިންދާ މާލެ ފެހިކޮށްލަން އަމާޒަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މީެގ އިތުރުން މާލޭގައި ހިންގާ ގަރާޖު، ވޯކްޝޮޕް އަދި ގުދަން ފަދަ ތަންތަން ސިނާއީ ސަރަހައްދަށް ބަދަލުކުރަން ނިންމާ، ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް މާލެ އަކީ ހިތްފަސޭހަ މަންޒިލަކަށް ބަދަލުކޮށްލުން މޭޔަރު މުއިއްޒުގެ ސްޓްރެޓެޖިކް ޕެލޭންގައި ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ