ފޮޓޯ؛ ޕޮލިސް

ކުށުގެ ރިކޯޑު ބަލާ މުއްދަތު ތިން އަހަރަށް ކުޑަކޮށްފި

ކުށުގެ ރެކޯޑު ރިކޯޑު ހޯދުމަށް އެދޭ ފަރާތުގެ ރިކޯޑު ބެލުމުގެ މުއްދަތަކީ، ރިކޯޑު ހޯދުމަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން ފާއިތުވި 3 އަހަރު މުއްދަތު ގޮތުގައި ބަދަލުކޮށް މި ގަވާއިދު ހޯމް މިނިސްޓްރީން ގެޒެޓުކޮށްފި އެވެ.

ކުރިން ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ކަނޑައަޅައިފައިވަނީ ކުށުގެ ރެކޯޑް ދޫކުުރުމުގައި ބަލާ މުއްދަތުގެ ގޮތުގައި 5 އަހަރެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ގެޒެޓު ކުރި "ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގެ ގަވާއިދު" ގައި މި މުއްދަތު ވަނީ 3 އަހަރަށް ކުޑަކޮށްފައެވެ.

ކުށުގެ ރިކޯޑު ބަލާ މުއްދަތު 3 އަހަރަށް ކުޑަކުރިނަމަވެސް، އެ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ރިކޯޑު ބަލައިދިނުމަށް ނުވަތަ ހޯދުމަށް އެދިފައިވާނަމަ، އެ މުއްދަތަކަށް ރިކޯޑު ބަލައިދިނުމަށް ގަވާއިދު ހުރަހެއް ނާޅޭނެ ކަމަށް އާ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޕޮލިސް ރިކޯޑު ދޫކުރުމުގައި ގެންގުޅޭ ކެޓަގަރީތަކެއް ވެސް ހޮނިހިރު ދުވަހު ގެޒެޓު ކުރި ގަވާއިދުގައި ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ވަޒީފާގެ ބޭނުމަށް ޕޮލިސް ރިކޯޑް ދޫކުރުމާއި ގާނޫނީ ޝަހްސެއް ބޭނުންވެގެން ރިކޯޑް ދޫކުރުމާއި ދައުލަތުގެ އިދާރާއަކުން ބޭނުންވެގެން ރިކޯޑް ދޫކުރުން ވަނީ އެ ގަވާއިދުގައި ހިމަނައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ