އޮޒެން ލައިފް މާދޫ ރިސޯޓްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިރޭ 19:15 ހާއިރުއެވެ.
އެ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
????#Breaking: Ozen Life Maadhoo Resort gai alifaanuge haadhisaa eh hingaifi.
Mi haadhisa ga baeh meehun vanee fihi, ithuru faruvaa ah Malé genessi!
Ithuru mauloomaathu: https://t.co/xVjAaKmfYd pic.twitter.com/xTcEWdbB5n
— #MvCrisis (@MvCrisis) August 9, 2021
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ، އެ ރިސޯޓްގައި އލިފާން ރޯވެފައިވަނީ ޕެޓްރޯލް ފީފާއެއްގައި ކަމަށާއި، ރޯވި އަލިފާން އެ ރިސޯޓްގެ މުވައްޒަފުން ނިއްވާލާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ، މި ހާދިސާގައި 4 މީހަކަށް އަނިޔާވެގެން މާލެ ގެންނަކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި އަނިޔާވެފައިވަނީ، އެ ރިސޯޓްގެ ބިދޭސީ ތިން މުވައްޒަފުންނާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ދިވެހި މުވައްޒަފަކަށެވެ. އަނިޔާވި މީހުން މިހާރު ވަނީ މާލެ ގެނެސް ހޮސްޕިޓަލަށް ގެންގޮސްފައެވެ.