ދިވެހި ފިިރިހެނަކު އިންނަން ދިރިއުޅުމާއި މެދު ސީރިއަސްކޮށް ވިސްނާ އަންހެނަކު ހޯދަނީ

އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ކައިވެނިކުރުމަށް ދިރިއުޅުމާމެދު ސީރިއަސްކޮށް ވިސްނާ އަންހެނަކު ހޯދަން "ކައިވެނި ޕޭޖް" ގައި އިއުލާންކޮށްފިއެވެ.

ފޭސްބުކްގައި ދިވެހިން ހިންގަމުން އަންނަ މަޝްހޫރު "ކައިވެނި ޕޭޖް" މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓުގައި އޭނާ ބުނީ، ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވަނީ ކޮންމެ އުމުރުއްގެ މީހެއް ކަމުގައިވިޔަސް، ކިޔަމަންތެރި އަންހެނަކާ ކަމަށެވެ.

މި ޕޭޖުގައި އެމީހާގެ ވަނަވަރު ހާމަކޮށް ބުނީ، އޭނާއަކީ 33 އަހަރުގެ، އަދި މަހަކު 30،000 ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭ ފިރިހެނެއް ކަމަށެވެ. މި ޕޯސްޓުގައި އޭނާ ބުނީ އޭނައަކީ ދީނީ ކަންކަމަށް ލޯބި ކުރާ މީހެއް ކަމަށާއި، ކައިވެނިކޮށްފި ނަމަ ވަކި ގެދޮރެއް ދީ، އަޅާލާ އޯގާތެރި ވާނެ ކަމަށެވެ.

ކައިވެނި ޕޭޖުގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވާ ގޮތުން، އޭނާ އިންނަން ބޭނުންވަނީ ދިރިއުޅުމަކީ ކޮން އެއްޗެއްކަން ދަންނަ، އަދި "ދިރިއުޅުމާމެދު ނިކަން ސީރިއަސްކޮށް ވިސްނާ" މީހެކެވެ.

ކައިވެނި ޕޭޖް ހިންގާތާ އެތައް އަހަރުތަކެއް ވެފައިވާއިރު، ގިނަ ދިވެހިންތަކެއް އަންނަނީ މި ޕޭޖް މެދުވެރިކޮށް ހަޔާތުގެ ބައިވެރިއެއް ހޯދަން އިއުލާންކުރަމުންނެވެ. މި ޕޭޖް ހިންގަމުން ގެންދާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި އެޕޭޖްގައި ކޮށްފައިވާ ޕޯސްޓްތަކުގައި ހުންނަ މައުލޫމާތުތަކަކީ ސައްހަކަން ކަށަވަރު ކޮށްފައިވާ މައުލޫމާތެވެ.

މިލިޔުން ކިޔާލުމުން
122211
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ