ކުރީގެ ބަތަލާ ސަނާ ޚާން ރާއްޖޭގައި

ފިލްމީ ދާއިރާ ދޫކޮށްލާ ބުރުގާ އެޅި ކުރީގެ ބޮލީވުޑްގެ ބަތަލާ ސަނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސަނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނަގެ ފިރިމީހާ  މުފްތީ އަނަސްއާއެކު އެވެ. އަދި ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ. އަތޮޅުގައި އޮންނަ ފިނޮޅު މޯލްޑިވްސްގައެވެ.

އެތަނުގެ ހިތްގައިމު މާހައުލުގައި ސަނާ އާއި އޭނަގެ ފިރިމީހާ ޗުއްޓީ ހޭދަކުރަމުންދާ ގޮތުގައި ފޮޓޯ ތަކާއި ވީޑިއޯތަށް ސަނާ އަންނަނީ އޭނަގެ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކުރަމުންނެވެ.

ސަނާގެ އިންސްޓަގްރަމް އަށް ބަލާލާއިރު، އޭނާ ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށް ބެލެވެއެވެ.

ސަނާ ފިލްމީދާއިރާ ދޫކޮށްލާފައިވަނީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ މަގްސަދުގައެވެ. އަދި ބުރުގާ އަޅާ ކައިވެނި ކުރިއިރު، ސަނާ އިސްލާމްދީނަށް ރުޖޫއަވުމުގައި އެންމެ ބޮޑަށް އެހީތެރިކަމެއް ދީފައިވަނީ އޭނާގެ ފިރިމީހާ ކަމަށް ސަނާ ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ