ފޮޓޯ: ނިޝާން އަލީ/މިހާރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ޔެލޯ އެލާޓް ނެރެފިއެވެ.

ރާއްޖޭގެ ދެކުނަށް ކުރިއަށް އޮތް 3 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެއިދާރާއިން ވިދާޅުވީ ދެކުނުގެ ބައެއް ރަށްރަށަށް ބޯކޯށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ މިއަދު 09:15 އިން ފެށިގެން 15:00 އާއި ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

ޔެލޯ އެލާޓްވެސް ނެރެފައި ވަނި ދެކުނުގެ ހަމަ އެ ސަރަހައްދަށެވެ. އެގޮތުން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ