ފެންވެރުމާއި ގުޅޭގޮތުން، ހޮލީވުޑްގެ ތަރިންގެ މެދުގައި ބޮޑު ބަހުސްއެއް!

ކޮންމެ ދުވަހަކު ފެންވަރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ސުވާލު އުފައްދާ، ހޮލީވުޑްގެ ބައެއް ތަރިން ބޮޑު ބަހުސްއެއް ކުރަން ފަށައިފިއެވެ.

މި ބަހުސްގެ ތެރެއިން ހޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ އެމީހުން ކޮންމެ ދުވަހަކު ފެންނުވަރާ ކަމަށް ބުނެ ޓްވީޓްތައް ކޮށްފައެވެ. މި ބަހުސް އެންމެ ފުރަތަމަ ފެށުނީ، ދެމަފިރިން ކަމުގައިވާ، އެކްޓަރ މީލަ ކޫނަޝް އާއި އޭޝްޓަން ކަޗާ، އެ ދެމީހުންގެ ދަރިންގެ ގައިން ކިލާ ނުވަތަ ނަޖިސް ފެނުމުން ނޫނީ ދަރިން ފެންނުވަރުވާ ކަމަށް ބުނެ ދެއްކި ވާހަކައާއި ގުޅިގެންނެވެ.

އެގޮތުން ކުނިސް ބުނެފައިވަނީ، ހޫނު ފެން ނުލިބޭތީވެ، އޭނާ ކުޑައިރުވެސް ފެންވަރަނީ ވަރަށް މަދުން ކަމަށެވެ. އަދި ދަރިން ލިބުމުން، އެކުދިންވެސް ކޮންމެ ދުވަހަކު ފެންނުވަރުވާ ކަމަށް އެކްޓްރެސް ވަނީ ބުނެފައެވެ. މި ވާހަކައަށް އެއްބަސްވެ، އެކްޓަރ ކުޗާވެސް ބުނީ، ދަރިންގެ ގައިން ނަޖިސް ނުފެންނަހާ ހިނދަކު އެކުދިން ފެންވެރުވުމަކީ ކޮންމެހެން ބޭނުންހުރި ކަމެއް ނޫންކަމަށެވެ.

މި ބަހުސްއާއި ގުޅިގެން، މަޝްހޫރު ހޮލީވުޑްގެ ތަރިން ކަމުގައިވާ ޝެޕަޑް، ކްރިސްޓަން ބެލް އަދި ޖޭކް ޖިލިންހާލް ފަދަ އޭ ލިސްޓުގެ ތަރިންވެސް ވަނީ ކޮންމެ ދުވަހަކު ފެންވެރުން މުހިއްމު ނޫން ކަމަށް ބުނެފައެވެ.

ނަމަވެސް މި ވާހަކައަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްވަނީ ދެކޮޅުވެސް ހަދައިފައެވެ. އެގޮތުން އެކުއަމޭންގެ އެކްޓަރ ޖޭސަން މޮމޯ ބުނީ، އޭނާއަކީ ކޮންމެ ދުވަހަކުވެސް އާދަކޮށް ފެންވަރާ މީހެއް ކަމަށެވެ. ޖޭސަން މިހެން ބުނީ، އޭނަ ފިލްމް ސެޓުގައި ފެންނުވަރާ ކަމަށް ބުނެ، އޭނަގެ ކުރިއަށް އޮތް ނެޓްފްލިކްސްގެ ފިލްމް "ސްވީޓް ގާލް" ގައި އޭނަ އާއެކު ހަރަކާތްތެރިވާ އެކްޓްރެސް އިޒަބެެއްލާ، ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ