އަފްގާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކަންދަހާރުވެސް ތާލިބާން ޖަމާއަތުން ބާރުގެ ދަށަށް ގެނެސްފިއެވެ.
ތާލިބާން ޖަމާއަތުން ވަނީ އަފްގާނުގެ އެންމެ މުހިއްމު އެއް ސިޓީ، އަދި ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ހިރާތު ވެސް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ތާލިބާނުން މިހާރު ވަނީ އެ ސިޓީތަކުގެ ސަރުކާރު އިދާރާތައް ހިފައިފައެވެ.
ތާލިބާން ޖަމާއަތުން ވަނީ މި ސިޓީތައް ހުފުމަށްފަހު އެ ސިޓީތަކުގައި ހައްޔަރުކޮށްފައި ތިބި އެ ޖަމާއަތުގެ ހަނގުރާމަވެރިންތައްވެސް ދޫކޮށްލައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ތާލިބާން ޖަމާއަތުން އެ ސިޓީ އެ ހިފިއިރުގެ، އަފްގާންގެ ވެރިރަށް ކާބުލްގެ ކައިރީ އޮންނަ ޕްރޮވިންސެއްގެ ވެރިރަށް ކަމުގައިވާ ގާޒްނީ ވެސް ވަނީ ހަމަ އެދުވަހުގެ ފަހުގެ ވަގުތެއްގައި އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ.
އެއާއެކު އެއް ހަފްތާއަށްވުރެ މަދު ދުވަސްކޮޅެެއްގެ ތެރޭގައި އެ ޖަމާއަތުން މިވަނީ އަފްގާންގެ 11 ޕްރޮވިންސެއްގެ ވެރިރަށް އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައެވެ. އަދި މުހިއްމު ސިޓީއެއްކަމުގައިވާ ގާޒްނީ ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއެކު، އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ވެސް ބާރުގެ ދަށަށް ގެންގޮސްފާނެ ކަމުގެ ފުރުސަތު މިވަނީ ބޮޑުވެފައެވެ.




