އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯޅު ތާލިބާން ޖަމާއަތުގެ އަށްދަށަށް ގެނައުމާއި ދިމާލަށް މިސްރާބު ޖަހައިފައެވެ.
މިއަދު ހެނދުނު އަފްގާނިސްތާނުގެ ހުޅަނގަށް އޮންނަ މައި ސިޓީއެއްކަމުގައިވާ ޖަލާލްއާބާދް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު، އެގައުމުގައި ތާލިބާނުންގެ އަތްދަށުގައި ނެތް ހަމައެކަނި މައި ސިޓީއަކީ ވެރިރަށް ކާބުލް ވަށާލާ ހަނގުރާމަވެރިން އެ ސިޓީގެ އެކި ސަރަހައްދުތަކުން ވަންނަން ފަށައިފައިވާ ކަމަށް ބީބީސް ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.
އެ ޖަމާއަތުން މިހާރު ވަނީ އެގައުމުގެ 34 ޕްރިވިސްގެ ދެބައިކުޅަ އެއްބައި ވެރިރަށް އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ކާބުލް ފިޔަވާ އަފްގާންގެ ހުރިހާ މައި ސިޓީތަކެއް މިހާރު އޮތީ އެ ޖަމާއަތުގެ ބާރުގެ ދަށުގައެވެ.
އެ ގައުމު އޮތީ ނުރައްކާތެރި އަދި ސީރިއަސް ހާލަތެއްގައި ކަމަށް އެ ގައުމުގެ ރައީސް އަޝްރަފް ގާނީ މިއަދު ވަނީ ވިދާޅުވެފައެވެ.
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ވިދާޅުވީ، އެގައުމުގެ ސެކިއުރިޓީ އާއި ޑިފެންސް އިތުރުަށް ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.
(ތަފްސީލު އަންނަނީ)




