ކެފޭއެއް ކުރިމަތީ ބިދޭސީންތަކެއް ޓީވީ ބަލަނީ - ފޮޓޯ: ޓްވިޓާ

މާލޭގައި ބިދޭސީންނަށް ކްރިކެޓް ބެލޭނެ އިންތިޒާމު ހަމަޖައްސައިފި

މާލޭ ސޯޝަލް ސެންޓަރުގައި ބިދޭސީންނަށް ވަގުތީގޮތުން ކްރިކެޓް ބެލޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިކަން ހަމަޖެހިފައިވާކަން ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފް ކުރެއްވި ޓްވީޓެއްގައި ހާމަކޮށްފައިވާއިރު، ދާޢިމީކޮށް މިފަދަ ތަނެއް ޤާއިމުކުރުމުގެ ވިސްނުމެއް ގެންގުޅެމުންއަންނަ ކަމަށާއި އަދި މިމައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި މަޝްވަރާކުރެވިފައިވާކަމަށްވެސްވަނީ ވިދާޅުވެފައެވެ.

"ވަގުތީގޮތުން ކްރިކެޓް ބެލޭނެ އިންތިޒާމު މާފަންނު ސޯސަލް ސެންޓަރުގައި މިހާރުވަނީ ހަމަޖެހިފަ. އަދި ކްރިކެޓް ބެލޭނެ ދާޢިމީ ގޮތެއް ހޯދުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއިވަނީ މަޝްވަރާކުރެވިފަ. މިމައްސަލައާއި ގުޅޭގޮތުން ބޭރުގެ އެމްބަސީ ތަކާވެސް މިހާރުވަނީ މަޝްވަރާކުރެވިފަ" މަޚްލޫފް ކުރެއްވި ޓްވީޓްގައިވެއެވެ.

ފުޓްބޯޅަ މުބާރާތްތައް ބަލާ އުސޫލުން ކްރިކެޓް ބެލުމަށް ރާއްޖޭގެގިނަ ރައްޔިތުން ޝައުޤުވެރިނުވާއިރު، ރާއްޖޭގައި އުޅޭ ބޭރު ގިނަ މީހުން ކްރިކެޓް ބަލަނީ އެކި އެކި ޝޯ ރޫމްތަކާއި ކެފޭ ތަކުން ބޭރަށް ފެންނަ ގޮތަށް ބަހައްޓާފައި ހުންނަ ޓީވީ ތަކުންނެވެ.

ކްރިކެޓް ބެލޭނެ ވަގުތީ އިންތިޒާމު ސަރުކާރުން ބިދޭސީންނަށް ފަހިކޮށްދީފައިވާއިރު، ފޯރިގަދަ އައިސީސީ ކްރިކެޓް ވޯލްޑް ކަޕް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މެއި 30 ގައި ފެށުނު މިމުބާރާތް އަންނަ މަހުގެ 14 އާއި ހަމައަށް ކުރިއަށްދާނެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. އެރުން

    ބަލަ ބޭރުމީހުން ގަވައިދަށް ފައްތައިގެން ކަމެއް ކުރެވޭތޯބަލަނީ ކޮން އިރަކުން. ތިކުޅިވަރު ބަލަން ހާހުން މިހުން ދާނެ ދިޔައީމަ އެމީހުނަސް ހިތުހުރި އެއްޗެސް ގޮވުމަށް ކުރާކަމެއްތަ ތިޔައީ.

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް