އިންޑިއަން އައިޑަލް 12 ގެ ޓްރޮފީ ޕަވަންދީޕް އުފުލާލައިފި!

އިންޑިއަން އައިޑަލް ސީޒަން 12 ގެ ޓްރޮފީ ޕަވަންދީޕް ރާޖަން އުފުލާލައިފިއެވެ. އިންޑިއަން އައިޑަލް 12 ގެ އެއްވަނަ ޕަންދީޕް ހޯދީ ފައިނަލްގައި ފަސް ކޮންޓެސްޓުންނާއި ވާދަކޮށްގެންނެެވެ.

އިންޑިއަން އައިޑަލްގެ މި ސީޒަންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ހޯދި ހުނަރުވެރި ޕަވަންދީޕް މި ޝޯފެ ފަހުރުވެރި އެއްވަނަ ހޯދިއިރު، ދެވަނަ ލިބުނީ އަރުނީތާ އަށެވެ. އަދި ތިންވަނަ ސަޔާލީ އަށެވެ.

ޕަވަންދީޕްއަސް ޓައިޓަލް ކާމިޔާބުކުރުމުން ލިބުނު ޓްރޮފީގެ އިތުރުން، އޭނާ އަށް ވަނީ 25 ލައްކަ ރުޕީސް ލިބިފައެވެ. އޭނާއަކީ އިންޑިއާގެ އުއްތަރަކަންދު އަށް ނިސްބަތްވާ ލަވަކިޔުންތެރިއެކެވެ.

އިންޑިއަން އައިޑަލްގެ ފިނާލޭ ޝޯ ރޭ ސޮނީ ޓީވީން ދެއްކިއިރު، މި ޝޯ ވަނީ ވަރަށް ގިނަ ބަޔަކު ބަލައިފައެވެ. އަދި ޝޯގައި ވަނީ ކުރީގެ އަދި މިހާރު މަޝްހޫރު ލަވަކިޔުންތެރިންވެސް ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަލްކާ ޔަގްނިކް، މިކާ ސިންހް، އަމިތް މިޝްރާ، ޖާވިދު އަލީ، ފަދަ ލަވަކިޔުންތެރިން ހިމެނެއެވެ.

މީގެ އިތުރުން މި ޝޯގައި ވަނީ ބޮލީވުޑްގެ ބަތަލާ ކިއާރާ އަދްވާނީގެ އިތުރުން އެކްޓަރ ސިދާތް މަލޯތްރާވެސް ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ