"ހެހެސް" ގެ ޓްރެއިލާ ދައްކާލައިފި!

ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ކުރިޔަށް ގެނެސްދޭން ނިންމާފައިވާ ދިވެހި ފިލްމު "ހެހެސް: އިންފަހަނަ އެޅި އިޝްގް"ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފިއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މި ފިލްމްގެ ޓްރެއިލާ ނެރެފައި ވަނީ މިއަދު އެވެ. ޓްރެއިލާއިން ޝައުގުވެރި މަންޒަރުތަކެއް ފެނިގެންދާއިރު، މި ފިލްމަކީ ވަރުގަދަ ސަސްޕެންސް ތްރިލާއަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ފިލްމްގެ ޕްރޮޑިއުސަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީން ޕްލޭ ތައްޔާރު ކުރާ މި ފިލްމްގެ ޑައިރެކްޓަރަކީ ތަޖުރިބާކާރު އެކްޓަރ އަދި ޑައިރެކްޓަރ އަޙްމަދު ނިމާލް އެވެ.

އަންހެން ތަރިންގެ ގޮތުގައި ޒުވާން ކާސްޓެއް ފެނިގެންދާނެ މި ފިލްމަކީ، ލޯބީގެ ވާހަކަ އަކަށް ތައްޔާރު ކޮށްފައިވާ ސަސްޕެންސް ތްރީލާއެކެވެ.

ފިލްމު ހެހެސްގެ ފިރިހެން ކާސްޓުންގެ ތެރޭގައި ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ.

އަންހެން ކާސްޓުންގެ ތެރޭގައި ހިމެނެނީ،  އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް ޝިފާ، ވާޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރ މަރިޔަމް ޝިފާ (ޝިފް) އަދި ވާޝީޔާ މުހައްމަދު އެވެ. މިއީ ވާޝިޔާ އަދި ޝިފް ފީޗާ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މި ފިލްމަށް ލަވަކިޔައިދީފައިވަނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާގެ އިތުރުން ޙަސަން ޠޮލާޤް (ތޮލާ)އެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ