އެންމެ ގިނަ ބާގާ ކައިގެން ދުނިޔޭގެ ރެކޯޑް ފޮތަށް!

މީހުން ހައިރާންކޮށްލާފަދަ އެތައް ކަމެއް ކޮށްގެން ދުނިޔޭގެ ގިނެސް ވޯލްޑް ރެކޯޑް ފޮތަށް އެރުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބޭ މީހުންގެ އުއްމީދެކެވެ. އެގޮތަށް ތަފާތު އެތައް ކަމެއްކޮށްގެން ދުނިޔޭގެ އެތައް ބައެއް ރެކޯޑް ހަދަމުން އަންނައިރު، ހިތައް އަރުވާލުން ދަތި ކަންކަންވެސް މީހުން ކޮށްފައި އެބަހުއްޓެވެ. އެގޮތުން ކެއުމަކީ ކޮންމެ މީހަކުވެސް އުފަލުން ކުރާ ހިތްވާ ކަމެއްކަމުގައި ވިޔަސް، ދުނިޔޭގެ ރެކޯޑު ފޮތަށް އެރުމަށް އެތައް ގުނައަށް ކާއެއްޗެހި ކެއުމަކީ ނުވެދާނެ ކަމެކެވެ.

ނަމަވެސް އެމެރިކާގެ ރައްޔިތެއްކަމުގައިވާ ޑޮނަލްޑް ގޯރްސްކް ވަނީ ފާސްޓް ފުޑް ޗެއިން، މެކްޑޮނަލްޑްސްގެ އެންމެ މަޝްހޫރު ބާގާ ކަމުގައިވާ "ބިގް މެކް" ހޭމްބާގާ އެންމެ ގިނައިން ކޭ މީހާގެ މަޤާމު ހޯދައިގެން ދުނިޔޭގެ ގިނެސް ވޯލްޑް ރެކޯޑް ފޮތުން ޖާގަހޯދައިފައެވެ.

މި ރެކޯޑު ދެމެހެއްޓުމަށް އޭނާ އަންނަނީ ކޮންމެ ދުވަހަކު އެހެން މީހުންނަށް ވުރެ ގިނައި ބިގް މެކް ބާގާ ކައި، އަމިއްލަ ރެކޯޑު މުގުރަމުންނެވެ.

މިހާރު 67 އަހަރު ފުރިފައިވާ ޑޮނަލްޑް ގޯރްސްކް އަށް މި ޓައިޓަލް އެންމެ ފުރަތަމަ ލިބުނީ، 1999 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން ފާއިތުވި 22 އަހަރު ތެރޭގައި އޭނާ އަންނަނީ މި ރެކޯޑު މުގުރަމުންނެވެ. އެގޮތުން 22 އަހަރު ތެރޭގައި އޭނާއަށް ކެވިފައިވާ ބާގާގެ އަދަދު 30000 އިން މައްޗަށް އަރައެވެ.

މި ރެކޯޑު މުގުރުމުގެ ވިސްނުން ޑޮނަލްޑްގެ ހިޔާލަށް އެންމެ ފުރަތަމަ އައީ 1972 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބިގް މެކް ބާގާ ރަހަބެލުމާއެކުއެވެ. އެދުވަހު އޭނާ އަޒުމް ކަނޑައެޅީ މުޅި އުމުރަށްވެސް މެކްޑޮލާޑްގެ އެ ހާއްސަ ބާގާ ކެއުމައިގެން ކުރިއަށް ދިއުމަށެވެ.

އެގޮތުން އެންމެ ގިނަވެގެން ކޮންމެ ދުވަހަކު އޭނާ ނުވަ ބާގާ ކައެވެ. ނަމަވެސް އާންމުކޮށް ކައި އުޅެނީ ދުވާލަކު ދެ ބާގާއެވެ. ނަމަވެސް ކޮންމެ ދުވަހަކު މިވަރަށް އޭނާ ބާގާ ކާކަމާމެދު މީހުން ވަނީ ސުވާލު އުފައްދައިފައެވެ.

ނަމަވެސް ގޯރްސްކް އަންނަނީ އޭނާ ކާ ކޮންމެ ބާގާއެއްގެ ބިލު ކޮޅު އޭނާ އަތުގައި ރައްކާކުރަމުންނެވެ. އެގޮތުން 22 އަހަރު ތެރޭގައި އޭނާ ކެއި ކޮންމެ ބާގާއެއްގެ ރިސިޕްޓް ކޮޅު ފައިލްކޮށް، ކެއި ދުވަހާއެކު އެނގޭނެ ގޮތަށް އޭނާ އަންނަނީ ރައްކާކުރަމުންނެވެ. އަދި އަމިއްލައަށްވެސް އޭނާ އަންނަނީ އޭނާ ކާ ބާގާގެ އަދަދު ޓެލީ ކުރަމުންނެވެ.

ޑޯނަލްޑް ގޯރްސްކް ބުނި ގޮތުގައި، މެކްޑޮނާލްޑްސް ގެ ބިގް މެކް ހޭމްބާގާ އަކީ ދުނިޔެއިން އޭނާއަށް އެންމެ މީރު ބާގާއެވެ. އަދި މިހާވަރަށް ކާއިރުވެސް ސިއްހަތަށް ބަލާ، ފިޓް ކޮށް ހުރުމަށް ކޮންމެ ދުވަހަކު ހަ މޭލަށް ހިނގާމ ކަސްރަތު ކުރާކަމަށް ގޯރްސްކް ވަނީ ބުނެފައެވެ.

ބާގާ ކައި ކޮންމެ ދުވަހަކު އަމިއްލަ ރެކޯޑް ޑޯރްސްކް މުގުރަމުން އަންނައިރު، އޭނަގެ އަންހެނުންނަކީ މެކްޑޮނާލްޑްސްގެ ބާގާ ކަމުދާ މީހެއް ނޫންކަމަށް އަންހެނުން ވަނީ ބުނެފައެވެ. ނަމަވެސް ދެމީހުން ޑޭޓް ކުރި ދުވަސްވަރު އަންހެނުންވެސް ޑޯރްސްކް އަށް އެތަނުގެ މެކް ބާގާ ގެނެސްދޭ ކަމަށް އޭނާ ބުންޏެވެ. އަދި މެކްޑޮނާލްޑްސްގެ ބާގާ ކެއުމަކީ މިހާރު އެ އާއިލާގައި އޮންނަ ޓްރެޑިޝަން އެކެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ