ސާފް ޗެމްޕިއަންޝިޕްގެ މާކެޓިން އެންޑް ޕްރޮމޯޝަން އޭޖެންސީއަކަށް "ނޯވާ އެސޯސިއޭޓްސް"!

މިއަހަރު ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް 2021 ގެ އޮފިޝިއަލް މާކެޓިން އެންޑް ޕްރޮމޯޝަން އޭޖެންސީއަކަށް "ނޯވާ އެސޯސިއޭޓްސް" ހަމަޖައްސައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް ބައްސާމް ޖަލީލް މިކަން ހާމަކުރައްވާ މިއަދު ވިދާޅުވީ، ނޯވާ އެސޯސިއޭޓްސް ގެ ފައުޑާ އަދި މެނޭޖިން ޑިރެކްޓަރ ނިއުޝާދު ޝަރީފާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަމަށެވެ.

މިކަން ހާމަކޮށް ބައްސާމް ވަނީ ނިއުޝާދު އާއި އޭނަގެ ޓީމަށް މަރުހަބާވެސް ކިޔައިފައެވެ.

މީގެ ކުރިން  އެލައިޑް އިންޝުއަރެންސް މާކެޓިން ހެޑްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ނިއުޝާދު ޝަރީފު އާއި އޭނަގެ ޓީމުން މިއަހަރުގެ ކުރީކޮޅު ވުޖޫދަށް ގެނައި "ނޯވާ އެސޯސިއޭޓްސް" ގެ ދަށުން އަންނަނި ތަފާތު ވީޑިއޯ އެޑްވަޓައިޒްމެންޓްސް ގެނެސްދީފައެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބުކޮށްފައިވާއިރު، މުބާރާތް ބާއްވަން ކަނޑައަޅާފައި އޮތް ތާރީހަކީ އޮކްޓޯބަރު 1 އިން 13 އަށެވެ.

މިފަހަރުގެ ފަސް ގައުމު ކުޅޭނަމަ ސާފްގެ ވިސްނުމަކީ މި ފަހަރުގެ މުބާރާތް ލީގު އުސޫލުން ކުޅުމެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ފުޓްބޯލް އެޝޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމާފައި ވަނީ ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލެ ޓްރެކް ދަނޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ