"އާފެށުމަކަށް" ޝިފާ އެޅި ބުރުގާ ނަގައިފި

ގިނަ ބައެއްގެ ސަމާލުކަމާއި މަޤުބޫލުކަން ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ޝިފާ ބުރުގާ ނަގައިފިއެވެ.

ޝިފާ ބުރުގާ ނެގިކަން ހާމަކޮށްފައިވަނީ، "ސަންގު އީ" އިން ގެނެސްދޭ "ޓިއުސްޑޭ ނައިޓް ވިތް ޝިފާ" ޕްރޮގްރާމްގެ ޓްރެއިލާގައެވެ.

ޝިފާ ބުރުގާ ނެގި ސަބަބު އަދި ހާމަނުކުރި ނަމަވެސް "ދެން ބުރުގާ ނާޅާނެކަމަށް" ޝިފާ ބުނެފައިވެއެވެ.

ނިމިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ބުރުގާއަޅަމުން ޝިފާ ބުނެފައިވަނީ ބުރުގާ އެޅީ "އާ ފެށުމަކަށް" ކަމަށާއި، އެއީ މަންމަ ބުނެގެން ކުރި ކަމެއް ކަމަށެވެ.

ފަހުން ޝިފާ ބުނެފައިވަނީ ބުރުގާ ނުނަގާ އުޅެވޭތޯ ވަރަށް ބަލާނެ ކަމަށެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކު ބުރުގާ އަޅައިގެން އުޅުމަށްފަހު ޝިފާ މިވަނީ ބުރުގާ ބާލައިފައެވެ.

ޓިކްޓޮކް އިން އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދި، ޝިފާ ބުރުގާ ބޭލި މިއީ ދެވަނަ ފަހަރެވެ. ޓިކްޓޮކަށާއި ފިލްމީދާއިރާއަށް ނުކުމެ އާއްމުންގެ ތެރެއަށް މަޝްހޫރުވުމުގެ ކުރިން، މޯލްޑިވިއަން އައިޑަލްގައިވެސް ބައިވެރިވެފައިވާ ޝިފާ އޭރު ފެނިގެންދިޔަ އިރު ހުރީ ބުރުގާ އަޅައިގެންނެވެ.

ފިލްމީ ދާއިރާއަށް ނިކުތްތާ ކުޑަ ދުވަސްކޮޅެއްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައިވާ މި ތަރިއަކީ، ފިލްމްތަކާއި، ލަވަ އަދި ޑްރާމާ ތަކުގައިވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން ޝިފާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ފިލްމް "40 ޕްލަސް" ގައި އޭނަ އަދާކޮށްފައިވާ ރޯލެވެ.

ޔޫއްޕެގެ ފިލްމް "ދެވަންސޫރަ" އިން ފިލްމީ ދާއިރާއަށް ނުކުތް ޝިފާ، ވަނީ ބައިސްކޯފުން ގެނެސްދޭ ވެބް ސީރީޒް "ހުވާ ކޮށްފާ ބުނަން"ގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
44281634
ގުޅުންހުރި ލިޔުންތައް

13 Responses

  1. އަޑެ

    އަޅާނެ، ނަގާނެ، އަޅާނެ، ނަގާނެ،…. މަޖާކަމެއް،

  2. މީހެއް

    ދެން ބުރާވެސް އަޅާނެކަމެއްނެތް..

  3. ޢައިހަމް

    ޢޮރިޔާން ނިވާ ކުރަން އެޅިފޮތިކޮޅުވެސް ބޭލީ

  4. ހާމިދު ޝާހިދު

    ހަމަ މިހެދުން ލައިގެން އޮޑިގައްލޯގައި ދެ އަތަށް 2 ފިރިހެން ކުދިން ލައިގެން ކޮފީ ބޯން މިހާރުވެސް އެބައިން. ބުރުގާ މީހަކު އެޅުމަކުން އަދި ނެގުމަކުން އެއީ މާކަ ބޮޑުކަމަކަށް ހަދައިގެން ނޫސްތަކުން ޚަބަރު ކަވަރު ކުރާކަށް ނުޖެހޭ. އެމީހެއްގެ މިނިވަންކަން އެއީ. އަދި އެބަ އިނގޭ ދެއްތޯ މަޝްހުރުކަން ހޯދާ މީނާ ކޮންމެފަދަ ކަމެއް ކޮށްފާނެ ކަންވެސް. އެމްޕީ ޖާބިރު އާ ކައިވެނި ކުރަންވެސް އޭނާ ޖެހިލުމެއް ނުވާނެ. މިމީހުންނަށް އެހާ ސަމާލުކަން ނުދީ. ޝޯބިޒް ގައި މިގޮތައް ކޫޑިކޮށް އުޅޭ ކުދިންނަށް އިސްކަން ނުދީ. އޭނާ އިހުތިޔާރު ކުރިގޮތަކަށް ދުލި ބަދަލުނުކޮށް ފިލުމު ކުޅުމުގައިވިއަސް ނެށުމުގައިވިއަސް ހުރިއަދީ. ސުނީތާމެން މާ ރަނގަޅެއްނޫންތަ! އެމީހުން މިވައްތަރަކަށް ނޫޅޭ.

  5. Hayaa

    Mamma niyaa vee thoa

  6. ސިފާ

    ހަމަ ނަރަކަ އަލިފާން . ހެޔޮނުވާނެ ތަންކޮޅެއް ރަނގަޅައްއުޅެބަލ.

  7. ޝުކޫ

    ބުރުގާއެޅުމުން އައުރަ ނުފެންނާތީ.އަދި ކައިރީގަ އުޅޭ ރަންޑީންނަށް ތަބާވުމަށް.

  8. ހާމިދު ޝާހިދު

    ބުރުގާއަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން. މިއަންހެން މީހާ އަކީ ބޯ ހަމަޖެހޭ މީހެއްކަމަކަށް ނުދެކެން. އެހެންނޫންނަމަ މިގޮތައް ދުލި އެހާ ފަސޭހައިން ދޫކޮށްލާ ބަދަލު ކޮށެއް ނުހަދާނެ. މިއީ ވަރަށް ދެރަ ކަމެއް. އެ ހުންނަ އެއްގޮތަކަށް ހުރެވޭތޯ ބަލާ

  9. kkkk

    Transparency maldives gadhaennu

  10. ވާވާ

    ތިޔަމީހުންނަކަށް އޮރިޔާންވެގެން ނޫނީ ނޫޅެވޭނެ . ހެޔޮކަމެއްގައ ސާބިތުވެ ނުހުރެވުން. ބުރުގާ އަޅައިގެން ވެސް ބަނޑިބަނޑި ލައްވާ ނެށުމުގައި ދެމިހުރެވުނު.

  11. ވެލޭ އޭސާ

    މަގޭ ޝިފާ މީ އެހެން ލެވެލް އެއް.. އައިމް ސޯ ޕްރައުޑް އޮފް ޔޫ މަންމަގެ ކުޑަ ވެލާ..

    3
    2
    • އިސްކުރުބެ

      ހާދަފަޚުރުވެރި ވެލަނީތި ބުރުގާ ނެގީމަ އަދި އޮރިޔާން ވެއްޖެ ނަމަ މާބޮޑަށް ފަޚުރުވެރި ވާނަންދޯ؟

  12. މުއްލާ

    ސިކުޑީގެެ ހާއްސަަ ޑޮކްޓަރަކަށްް ދައްކަންފެނޭ

    10
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ