"ޑާންސް މަންކީ"ގެ ކަވާ ވާޝަންއެއް އެލީގެ އަޑުން!

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން، ލައިބާ އަހުމަދު މަހްލޫފް (އެލީ)ގެ ގެ އަޑުން ކިޔައިފައިވ،ާ ޓޯންސް އެންޑް އައިގެ މަޝްހޫރު އިނގިރޭސި ލަވަ "ޑާންސް މަންކީ" ގެ ކަވާ ވާޝަންގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.

އެލީގެ ލަވަކިޔުމުގެ ހުނަރާއެކު ގިނަ ދިވެހިންގެ ހިތްތަކާއި އޭނާ ވަނީ ކުޅެލައިފައެވެ. ދިވެހި ލަވަތަކުގެ އިތުރުން، އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިކާ ޖާވިޑް އަލީ އާއެކުވެސް ލަވައެއް ކިޔާ އެ ލަވައިގެ ވީޑިއޯ އެއްވެސް ނެރެފައެވެ.

ލަވަ ކިޔުމަށް ހުންނަ ޝައުގުވެރިކަމާއެކު އެލީގެ ހުނަރުވެރިކަން ދައްކަމުން އަންނައިރު، އެލީ މިފަހަރުގެ ގެނެސްދޭ "ޑާންސް މަންކީ"ގެ ކަވާ ވާޝަންއަކީ އޭނަގެ ފުރަތަމަ އިނގިރޭސި ކަވާ ލަވަކަމަށް އެލީ ވަނީ ބުނެފައެވެ.

މީގެ ދެ ހަފްތާ ކުރިން އެލީ ވަނީ ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ބާޗީ އާއި އެކު ޑާންސް މަންކީ ލަވައިގެ ކަވާ ލަވަ ހެދުމުގެ މަސައްކަތް ކުރާކަން ހާމަކޮށްފައެވެ.

މި ލަވައިގެ ވީޑިއޯއާއެކު ޓީޒާ ޓްރެއިލާ މިހާރު ދައްކާލައިފައިވާއިރު، މި ވީޑިއޯގައި އެލީއާއެކު ޑާންސް ގްރޫޕެއްވެސް ފެނިގެންދެއެވެ. އަދި އެލީގެ ނެށުމުގެ ހުނަރުވެސް މިފަހަރުގެ ލަވައިން ފެނިގެންދެއެވެ.

މި ލަވަ ރިލީޒްކުރާނެ އިންތިޒާރެއްގައި ގިނަ ބަޔަކު ތިބިއިރު، ނެރެފައިވާ ޓީޒާ އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ