އެމެރިކާއިން ދިން ޑްރޯން ހަމަލާއިގައި އައިއެސް މީހެއް މަރާލައިފި

އަފްޣާނިސްތާންގެ ވެރިވަރަށް ކާބުލްގެ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސިސް ޖަމާއަތުގެ ގޮފި ކަމުގައި ޗާ އިސްލާމިކް ސްޓޭޓް އިން ހުރާސާން ޕްރޮވިންސް (އައިސިސް-ކޭ)އިން ދިން ބޮމުގެ ހަމަލާއައި ގުޅިގެން، އެމެރިކާއިން އެ ޖަމާއަތުގެ ޕްލޭނަރަކަށް ޑްރޯންއަކުން ހަމަލާދީ މަރާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކާބުލްގެ އެއާޕޯޓު ސަރަހައްދަށް އައިސިސް-ކޭ އިން ދިން ދެ ބޮމުގެ ހަމަލާގައި 170 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ދުއްވާލައިފައިވާއިރު، އޭގެ ތެރޭގައި އެމެރިކާގެ 13 މިލިޓަރީ ސިފައިންވެސް ހިމެނެއެވެ. މިއީ އައިސިސް-ކޭ އިން ދިން ހަމަލާއެއް ކަން އެމީހުން ކަށަވަރުކޮށްދީފައިވާއިރު، އެމެރިކާގެ ރައީސް ބައިޑަން ވަނީ ހަމަލާދިން މީހުންގެ ކިބައިން ބަދަލު ހިފާނެ ކަމަށް އިއްޔެ ވިދާޅުވެފައެވެ.

އެމެރިކާގެ ސިފައިން ބުނީ، އިރުމަތީ އަފްގާނިސްތާނުގެ ސަރަހައްދުގައި ހުރި އައެސް ޖަމާއަތުގެ ޕްލޭނަރަކަށް ޑްރޯންއަކުން ހަމަލާދީ މަރާލައިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މިއީ އައިސިސް-ކޭ ޖަމާއަތުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އެމެރިކާއިން ޓާގެޓްކޮށްގެން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ.

ނަމަވެސް މި ހަމަލާގައި އާންމުންގެ އެއްވެސް މީހަކަށް ގެއްލުންނުވާ ކަމަށް އެމެރިކާ ސިފައިން ބުނެފައިވެއެވެ.

މި ހަމަލާއާއި ގުޅިގެން އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް ވައިގެ މަގުން މީހުން އަފްގާންއިން ބޭރުކުރުމުގެ މަސައްކަތް އެމެރިކާއާއި، ޖަރުމަން، ނޭޓ،ޯ އަދި އެހެން ގައުމުތަކުންވެސް އަންނަނީ ހަލުވި ކަމާއެކު މަސައްކަތް ކުރަމުންނެވެ.

އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް ވައިގެ މަގުން މީހުން އަފްގާންއިން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށް ޖޯ ބައިޑަން ވަނީ މީގެ ހާމަކުރައްވައިފައެވެ.

މިހާތަނަށް އެއްލައްކައެއްހާ މީހުން ވައިގެ މަގުން އަފްގާންއިން ބޭރު ކުރެވިފައިވާ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ