މާފުށީ ޖަލަށް އެތެރެކުރަން އުޅުނު 100 އެއްހާ ފޯނު އަތުލައިގަނެފި

ކަނޑުމަގުން މާފުށި ޖަލަށް އެތެރެކުރަން އުޅުނު 100 އެއްހާ ފޯނާއެކު ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގަނެ، މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ، ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީޖަލަށް ގިނައަދަދެއްގެ މަނާތަކެތި ވައްދަން އުޅޭ ކަމަށް އެ ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން، ދިވެހި ފުލުހުންގެ ހިދުމަތާއި މާފުށި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ވަނީ ގިނަ އަދަދެއްގެ މަނާތަކެތި އަތުލައި ގަނެވިފައި ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސަތޭކައެއްހާ ފޯނުވެސް ހިމެނޭއިރު، ގިނަ އަދަދެއްގެ ސްމާޓް ފޯނުވެސް ހިމެނެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސާއި މާފުށީ ފުލުހުންގެ އިތުރުން ކަރެކްޝަންސް އޮފިސަރުން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މި މައްސަލައާއި ގުޅިގެން މާފުށީ އައްސޭރިފަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ