ޕްލެޓިނީ އަދި އޭނާގެ ލޯޔަރު ރިޕޯޓަރުންނާއި ވާހަކަ ދައްކަނީ - ފޮޓޯ: ދަ ސްޕޯސްކްމެން ރިވިއު

ކޮރަޕްޝަނުގެ ތުޙުމަތުގައި ޙައްޔަރުކުރެވުނު ޕްލެޓިނީ، ސުވާލުކުރުމަށްފަހު ދޫކޮށްލައިފި

ކޮރަޕްޝަނުގެ ތުޙުމަތުގައި ހައްޔަރުކުރި ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީއާއި ފުލުހުން ސުވާލުކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.

ފްރާންސްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އިއްޔެ ހައްޔަރުކޮށްފައިވަނީ ފްރާންސްގެ އެންޓިކަރަޕްޝަން ފުލުހުންނެވެ.

ޕްލެޓިނީގެ މައްޗަށް ކުރެވޭ ތުޙުމަތަކީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ގަތަރުގައި ބާއްވަން ފުރުޞަތު ދިން މައްސަލައެވެ.

މިމައްސަލައާއި ގުޅިގެން އަންގާރަ ދުވަހު ހައްޔަރުކުރެވުނު ޕްލެޓިނީއާއި ފުލުހުން ސުވާލުކުރުމަށްފަހު މިއަދުވަނީ ދޫކޮށްލާފައެވެ.

"ކުރެވުނު ސުވާލުތަކުގެ ސަބަބުން މިކަމުގައި ގިނަ ވަގުތު ހޭދަވި. 2016 ވަނަ އަހަރުގެ ޔޫރޯ، ރަޝިއާގައި ބޭއްވުނު ވޯލްޑްކަޕް އަދި 2022 ވަނަ ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕާއި ގުޅޭގޮތުންވެސް ސުވާލުކުރި" ޕްލެޓިނީ ބުންޏެވެ.

ގަތަރުގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވަން ބިޑްކޮށްފައިވަނީ އެމެރިކާ، ދެކުނު ކޮރެއާ، ޖަޕާން އަދި އޮސްޓްރޭލިއާއެވެ.

މަޤާމު ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އުމުރުން 63 އަހަރުގެ ޕްލެޓިނީ މިހާރުވެސް ހުރީ ފުޓްބޯޅައިން ސަސްޕެންޑް ކުރެވިފައެވެ. 2015 ވަނަ އަހަރު ސާބިތުވި މިމައްސަލާގައި ފުޓްބޯޅައާއި ގުޅޭ ހުރިހާ ހަކާތްތަކުން 8 އަހަރަށް ޕްލެޓިނީ ސަސްޕެންޑްކޮށްފައި ވީނަމަވެސް ފަހުން އެމުއްދަތުވަނީ 4 އަހަރަށް ކުޑަކޮށްފައެވެ.

ތިން ފަހަރެއްގެ މަތިން ބެލެންޑޯ ކާމިޔާބުކޮށްފައިވާ ޕްލެޓިނީއަކީ ދުނިޔޭގައި އުފެދުނު މޮޅެތި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ