ފިލްމީ ތަރި އިރުފާނާ ކައިވެނިކޮށްފި!

"ހުވާ" ސީރީޒް އިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ޒުވާން އެކްޓްރެސް އިރުފާނާ އިބްރާހިމް(އެރޫ) ޒަވާޖީ ހަޔާތެއް ފަށައިފިއެވެ.

އެރޫ ކައިވެނިކޮށްފައިވާ ކަން އޭނާ ވަނި ފޭސްބުކް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. އެގޮތުން އެރޫ މިހާރު ވަނީ ފޭސްބުކްގެ ރިލޭޝަންޝިޕް ސްޓޭޓަސް ވަނީ މެރީޑް އަށް ބަދަލުކޮށްފައެވެ.

އޭގެ އިތުރުން އެރޫ މީގެ ދެ ގަޑިއިރު ކުރިން ފޭސްބުކްގައި ޖެހި ސްޓޭޓަސް އެއްގައި ވަނީ ކައިވެނީގެ ތަހުނިޔާ ފޮނުވި އެންމެނަށް ޝުކުރުވެސް އަދާކޮށްފައެވެ.

އޭނާ ކައިވެނި ކޮށްފައި ވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ ޒުވާނަކާއެވެ. އެ ޒުވާނާގެ ނަމަކީ ހަމްޝް މުހައްމަދުއެވެ.

ޔޫއްޕެގެ މަޝްހޫރު ކޮމެޑީ ފިލްމް "40 ޕްލަސް"ފ ފިލްމީ ދާއިރާއަށް ތައާރަފްވެފައިވާ އެކްޓްރެސް އެރޫ ވަނީ މިހާ ހިސާބަށް އައިރު ގިނަ ފިލްމް އަދި ޑްރާމާ ތަކުގައިި މަސައްކަތް ކޮށްފައެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރ ނަހުލާގެ ސީރީޒް "ހުވާ"ގައި އެރޫ އަދާކޮށްފައިވާ ރޯލަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

ފިލްމް "40 ޕްލަސް" ގެ އިތުރުން އެރޫގެ ރިލީޒްނުވެ ހުރި ފިލްމަތަކުގެ ތެރޭގައި 'ކޮސްގިނަ މިސްޓޭކްސް'، 'ލޯބި ވެވިއްޖެ'، އަދި 'ހެހެސް' ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
19211
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    މަރުހަބާ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ