ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު، އަލީ ސުޒޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ސުޒޭން ކޮވިޑް-19 ޕޮޒިޓިވްވެފައި މިވަނީ، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުގެ ގޮތުން މާދަމާ ރޭ ގައުމީ ޓީމު ގަތަރަށް ފުރަން ތައްޔާރުވެފައި ވަނިކޮށެވެ.
ސުޒޭން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ ހުރީ މިހާރު ކަރަންޓީނުގައެވެ. އަދި މި މުއްދަތުގައި ސުޒޭންގެ ބަދަލުގައި ޓީމުގެ ޓްރެއިނިންތައް ކުރިއަށްގެންދާނީ އެސިސްޓެންޓް ކޯޗް އިސްމާއީލް މަހްފުޒު (އިންމަ) އެވެ.
ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ މަހު 1-16 އަށެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު އެކެއްގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު ހަތެއް ގައެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 13 ގައި ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ




