ކޮވިޑް ވެކްސިން ޖެހުމަށް ޑރ. ޝަހީމް އިލްތިމާސްކުރައްވައިފި

ކޮވިޑް ވެކްސިން ޖެހުމަށް ޑރ. ޝަހީމް އިލްތިމާސްކުރައްވައިފިއެވެ.

ތ. ގުރައިދޫ އިސްލާމިކް އެސޯސިއޭޝަންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުގެ ތެރެއިން އެރަށުގައި ރޭ ބޭއްވުނު ދަރުސްގައި ވާހަކަ ދައްކަވަމުން ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ވެކްސިނ ޖެހުމަކީ މުހިންމުކަމެއް ކަމަށާއި އިސްލާމްދީނަކީ އިންސާނާގެ ދުޅަ ހެޔޮ ޞިއްހަތެއްގައި ހުރުމަށް ބާރުއަޅާ ދީނެއް ކަމަށެވެ. ދަރުސްގައި އިތުރަށް ވިދާޅުވީ ބަލިވުމުގެ ކުރިން ޞިއްޙަތާމެދު ރައްކާތެރިވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާކަމަށެވެ.

"ކޮވިޑް 19 ބަލިމަޑުކަމުން މުޅިމުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ވެކްސިން ޖެހުމަކީ މުހިންމުކަމެއް" ކަމަށާއި "ދިރިއުޅޭ މާޙައުލުގެ ސާފުތާހިރުކަމަށް އިސްކަންދިނުމާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމާއި ކަސްރަތުކުރުމަކީ ވެސް ބޭނުންތެރިކަމެއް"ކަމުގައި ޑރ. ޝަހީމް އިތުރަށް ވިދާޅުވިއެވެ.

ދީނީ ހޭލުންތެރި ކުރުމަށް ޑރ. ޝަހީމް ދާދިފަހުން އަތޮޅުތެރެއަށް ފެށި ދަތުރުތަކުގެ ފުރަތަމަ މަންޒިލަކީ ތ. އަތޮޅެވެ. ޑރ. ޝަހީމް މީގެ ކުރިން ވިދާޅުވީ އަތޮޅު ތެރޭގައި ދީނީ ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ