"ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުމުން، ޕާޓީ އުފައްދަން ހުއްދަ ނުދިނުމަށް އިލެކްޝަން ކޮމިޝަން(އީސީ)އިން ނިންމައިފިއެވެ.
އެ ޕާޓީ އުފައްދަން އީސީން ހުއްދަ ނުދިނީ ޕާޓީއަކީ ސިޔާސީ ޕާޓީއަކަށް އެކަށީގެންވާ ނަަމަކަށް ނުވާތީއެވެ. މިއީ މި ޕާޓީ ހަމަ އެ ނަމުގައި އުފައްދަން ހުށަހެޅުމުން އީސީން ހުއްދަ ނުދިން ދެވަނަ ފަހަރެވެ.
މި ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހެޅީ މ. ކެލަމް، މުހައްމަދު އިސްމާއިލްއެވެ. އޭނާ މީގެ ދެ އަހަރު ކުރިން ވެސް ހަމަ އެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ޕާޓީއަށް ހުއްދަ ނުދިނުމަށް ނިންމައިފައިވަނީ ހުށަހަޅައިފައިވާ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނުވާތީކަމަށެވެ. އަދި އެ ފަރާތުން ހުށަހަޅައިފައިވާ ލިޔެކިޔުން ފުރިހަމަ ނުވާތީ ކަމަށެވެ.



