ބާރު ބޮކްސާ ލައިގެން ހުސްގަޔާ މޫދަށް އެރުމަކީ، ހެދުން ލައިގެން އޮރިޔާމުން އުޅުން – ޝެއިޚް ޒައިދު

ބާރު ބޮކްސާ ލައިގެން ހުސްގަޔާ މޫދަށް އެރުމަކީ، ހެދުން ލައިގެން އޮރިޔާމުން އުޅުންފަދަ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޢަލީ ޒައިދު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އަންހެނުން އަދި ފިރިހެނުންވެސް އެފަދަ ގޮތްގޮތަށް ހެދުން އަޅައިގެން މޫދަށް އެރިއުޅުމަކީ ހެދުން ލައިގެން އޮރިޔާމުން އުޅުންފަދަ ކަމެއް ކަމަށެވެ.

"ފިރިހެނުން މޫދަށް އެރޭއިރު ގަޔަށް ހިއްޕިފައި ހުންނަ ޒާތުގެ ތުނި، ބޮކްސާ ފާޑު އެއްޗިހި ލައިގެން، އެމަތިން އެކައްޗެއްވެސް ނުލައި، ހުސަގަޔާ މޫދަށް އެރުމީ، ހަމަ ހެދުން ލައިގެން އޮރިޔާމަށް ތިބުން ފަދަ ކަމެއް! އަންހެނުންވެސް މިފަދަ!" ޝެއިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

އެފަދަ ގޮތްގޮތަށް ހެދުން އަޅައިގެން މޫދަށް ގޮސް ނޫޅުމަށް، ޝެއިޚް ވަނީ އެންމެހާ މުސްލިމުންނަށް ނަސޭހަތްތެރި ވެލައްވާފައެވެ.

ބާރު ބޮކްސާ ލައިގެން ހުސްގަޔާ މޫދަށް އެރުމަކީ، ހެދުން ލައިގެން އޮރިޔާމުން އުޅުންފަދަ ކަމެއް ކަމަށް ޝެއިޚް ޒައިދު ވިދާޅުވިއިރު، ބާރު ބޮކްސާއާއި، ގަޔަށް ބާރު ހެދުން ލައިގެން މޫދަށް ދިއުން ދަނީ އާއްމުވަމުންނެވެ. ވަކިން ޚާއްޞަކޮށް މާލޭއާއި ހުޅުމާލެ ފަތާ ޓްރެކާއި މޫދަށް އެރިއުޅޭ ސަރަހައްދުތަކަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މޫދަށް ދިއުން ވަނީ އާއްމު ކަމަކަށް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ