"ޓީން ވުލްފް" އެނބުރި އަންނަނީ!

2011 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ޓީވީ ޑްރާމާ ސީރީޒް "ޓީން ވުލްފް"ގެ ފިލްމެއް ގެނެސްދިނުމަށް ނިންމައިފިއެވެ.

މި ހަބަރު އިއުލާންކުރީ މި ސީރީޒް ނިއްމާލިތާ ހަތަރު އަހަރުން ފަރުން ފާހަގަކުރި ދުވަހުއެވެ. 2011 ވަނަ އަހަރު ދައްކަން ފެށި މި ސީރީޒްގެ އެންމެ ފަހު، އަދި ފިނާލޭ އެޕިސޯޑު ދައްކާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ގައެވެ.

އެމްޓީވީ ސީރީޒް އިން ގެނެސްދިން މި ސީރީޒްގެ ރީޔުނިއަން ފިލްމެއް ގެނެސްދޭން ނިންމައިފައިވަނީ ޕެރެމައުންޓް ޕްލަސް ޓީވީ ނެޓްވޯކާއެކު އެވެ. އަދި މި ފިލްމް އުފައްދާނީ، ސީރީޒްވެސް ގެނެސްދިން، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ޖެފް ޑޭވިސްއެވެ. އެގޮތުން މި ފިލްމްގެ ވާހަކަ ލިޔެ ޕްރޮޑިއުސްކުރާނީވެސް ޖެފް ޑޭވިސް އެވެ.

މީގެ އިތުރުން "ޓީން ވުލްފް" ގެ ފިލްމުން، ސީރީޒްގައި ފެނިގެންދިޔަ އޮރިޖިނަލް ކާސްޓުވެސް އެނބުރި އަންނާނެއެވެ. އޭގެ ތެރޭގައި މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދިޔަ ޓައިލާ ޕޮސީ، ޑިލަން އޯބްރިއަން، ޓައިލާ ހޯޗްލިން، ހޮލޭންޑް ރޫޑެން، ކޮލްޓޮން ހޭންސް އަދި ކްރިސްޓަލް ރީޑްވެސް ފެނިގެންދާނެއެވެ.

2017 ވަނަ އަހަރު ނިއްމާލި މި ސީރީޒްއަކީ ބޮޑު ފޭން ބޭސްއެއް އޮތް ސީރީޒެކެވެ. މި ސީރީޒް ނިއްމާލީ ޖުމްލަ ހަ ސީޒަން ގެނެސް ދިނުމަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ