އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޑަބަލްސް ޕެއަރ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާއިން، މިސަރަހައްދުގެ ވަރުގަދަ ލަންކާގެ އެންމެ މޮޅު ޑަބަލްސް ޕެއަރ ބަލިކޮށްފިއެވެ.
މިހާރު ގަތަރުގެ ދޯހާގައި ކުރިއަށްދާ މި ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެންމެ މޮޅު ޑަބަލްސް ޕެއާ ދީމާ އާއި ރަފާ ލަންކާގެ އެންމެ މޮޅު ޑަބަލްސް ޕެއަރ ބަލިކޮށްފައިވަނީ ސީދާ 3 ސެޓުންނެވެ.
ދިމާ އާއި ރަފާ އަނެއްކާވެސް ހޯދި މި ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ އެ ދެ ޒުވާން ކުޅުންތެރިންނަށް މަރުހަބާ ކިޔައިފައެވެ.
"އެއް ޓީމަށް ނާކާމިޔާބު ކުރިމަތިވާއިރު އަނެއް ޓީމު އެތަން ފޫބައްދައިދެނީ އިރާދަފުޅާއެކު މާގަދަކޮށް" މަހްލޫފްގެ ޓްވީޓުގައިވެއެވެ.
ރާއްޖޭގެ ފިރިހެން ޓީމު ވަނީ 3-2 އިން އޮމާން ބަލިކޮށްފައެވެ.
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި މީގެކުރިން ކުޅުނު މެޗުތަކުގައި ވެސް ރާއްޖެއިން ވަނީ މޮޅު ނަތީޖާއެއް ހޯދައިފައެވެ. އެގޮތުން އަންހެން ޓީމު އިވެންޓު ބައިގައި ރާއްޖެ ވަނީ މީގެކުރިން ގަތަރާއި ބަންގްލަދޭޝް ބަލިކޮށްފައެވެ.
އެގޮތުން ގަތަރުގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ. އަދި އަންހެނުންގެ ދެ ވަނަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް އަންހެން ޓީމުން ސޯދާ ތިން ސެޓު ކާމިޔާބުކޮށްގެންނެވެ.
ޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ މި މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީޓީ ޓީމު ވާދަކޮށްފައިވާއިރު، ފިރިހެން ޓީމުވެސް ވަނީ ތަފާތު ނަތީޖާއެއް ހޯފައިފައެވެ. އެގޮތުން ރާއްޖޭގެ ފިރިހެން ޓީމު ވަނީ 3-2 އިން އޮމާން ބަލިކޮށްފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ފެށި މިމުބާރާތް ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަކީ ދެކުނު އެފްރިކާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓީމް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ރާއްޖެއަށް ލިބިގެންދާނެ ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ.




