ޝޯއެއްގެ ތެރެއިން ޔޯހާނީއަށް އަނިޔާވެއްޖެ

"މަނިކޭ މަގޭ ހިތޭ" ލަވައިގެ ކަވާ ވާޝަނެއް ކިޔައިގެން މަޝްހޫރުވި ސްރީ ލަންކާ ލަވަކިޔުންތެރިޔާ ޔޯހާނީއަށް ޝޯއެއްގެ ތެރެއިން ކުޑަ އަނިޔާއެއް ލިބިއްޖެއެވެ.

އަނިޔާވެފައިވަނީ ޔޯހާނީގެ މޫނަށެވެ. އަނިޔާވެފައިވަނީ ސްޓޭޖް ޕާފޯމެންސެއްގެ ތެރެއިން ހިނގި ކުޑަ އެކްސިޑެންޓެއްގެ ސަބަބުންނެވެ.

ޔޯހާނީއަށް ލިބިފައިވާ އަނިޔާގެ ފޮޓޯއެއް އިންސްޓަގްރަމްގައި އާއްމުކޮށް އޭނާ ބުނީ، އެންމެ ފަހުން އޭނާ ބޭއްވި ސްޓޭސް ޕާފޯމެންސެއްގެ ތެރެއިން ކުޑަ އެކްސިޑެންޓެއް ހިނގީކަމަށެވެ.

އެގޮތުން ގިޓަޔާއެކުު ޕާފޯމްކުރަނިކޮށް އެރި ފޯރީއާއެކު، އޭނަ ކުޅެން އިން ގިޓާގެ ކުރީކޮޅު މޫނުމަތީގައި ޖެހުނީކަމަށެވެ. އަދި އެވަގުތު މޫނުމައްޗަށް ޒަހަމް ލިބުނު ކަމެއް ނުވެސް އިނގޭ ކަމަށް ޔޯހާނީ ބުނެފައިވެއެވެ.

ޔޯހާނީ އާއްމުކުރި ފޮޓޯއަށް ބަލާއިރު، ގިޓާ ޖެހުމުގެ ސަބަބުން ލޮލުގެ ތިރީބަޔަށް ވަނީ ޒަހަމް ލިބިފައެވެ. އަދި މޫނުމަތިން ކޮލުން މަތީގެ ތަންކޮޅެއްވެސް ވަނީ ކަފައިގެން ގޮސްފައެވެ.

"މަނިކޭ މަގޭ ހިތޭ" ގެ ޔޯހާނީ ކީ ކަވާ ވާޝަންއާއެކު އޭނާގެ މަޤުބޫލުކަން ވަނީ އިތުރުވެފައެވެ. އަދި މި ލަވައިގެ ސަމާލުކަން އެންމެ ބޮޑަށް ހޯދީ ދިވެހިިންނެވެ. އެގޮތުން މިހާރު ވަނީ މި ލަވައިގެ ދިވެހި ވާޝަންތަކެއްވެސް އުފައްދައިފައެވެ.

މިލިޔުން ކިޔާލުމުން
141
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އައްޑޫކުއްޖާ

    ޔޯހާނީ ތިހިރީ ހޭބަލިވެފަ އެހެން ވީއިރު

  2. ނާޑުވާ

    ވާތްފަރާތުގަ އިން ފޮޓޯ ފެނިފަ ޕީޕީއެމް ކުދިން ވަރަށް ރުޅިއަރާނެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ