ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީ ލަންކާ މާދަމާ ކުޅޭ މެޗުގެ ޓިކެޓް ހުސްވުމުން ޓިކެޓް ގަންނަން ދިޔަ މީހުން ގަލޮޅު ދަނޑު ބޭރުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.
މާދަމާގެ މެޗަށް މިއަދު ހެނދުނު ދިހައެއް ޖަހާއިރު ޓިކެޓް ވިއްކަން ފަށާގޮތަށް ހަމަޖެހިފައި އޮތްނަމަވެސް، ގާތްގަނޑަށް ހެނދުނު 07:00 އިން ފެށިގެން ގަލޮޅު ދަނޑުބޭރުގައި ޓިކެޓް ގަތުމަށް ސަޕޯޓަރުންގެ ބޮޑު ކިއުއެއް އޮތީ ހަދައިފައެވެ. ނަމަވެސް ޓިކެޓް ވިއްކަން ފެށިތާ ގާތްގަނޑަކަށް ގަޑިއިރެއްހާ ތެރޭ ޓިކެޓް ކައުންޓަރު ވަނީ ބަންދުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިކެޓް ކައުންޓަރ ބަންދުކުރީ ޓިކެޓް ހުސްވުމުންނެވެ. އަދި ކިއުގައި ތިބި ގިނަ ބަޔަކަށް ޓިކެޓް ނުލިބުމުގެ ސަބަބުން ބައެއް މީހުން ގަދަކަމުން ގަލޮޅު ދަނޑުތެރެއަށްވެސް ވަދެ އަޑުގަދަކޮށްފައިވެއެވެ.
ގަލޮޅު ދަނޑުގައި 10،000 މީހުންގެ ޖާގަ އޮތަސް، ކޮވިޑް-19 އާއި ގުޅިގެން ދަނޑުގެ ސަލާމަތީ ސަބަބުތަކާ ހެދި ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ވިއްކަނީ 5000 ޓިކެޓެކެވެ.





ހިޔާލު
މިދެން ބޮޑުވެއްޖެ ކަމެއް. މީގެ ކުރިން މި މީހުންގަނޑު ހުޅުމާލޭގައި ފުޅުހުންނާ އޮށްގަލުން ކުރިމަތި ލައިފި. ދިވެހިން ދިވެހިންގެ ފަސްގަނޑުގައި ރަޙީނުކިށްފި މިހާރު މިޖެހެނީ އަނެއްކާ އަނެއް ނުހުރުއްޕާން. ފުލުހުންނަކަށް މި މީހުންނަށް ކަމެއްކުރެވޭވަރެއް ނުވޭ.
މީ ޒީރޯ ޓޮލެރަސް ވީމަ ވާގޮތްތޯ.