އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯގެ ބިގް ބޮސް 15ގެ ކުރިއަށް އޮތް އެޕިސޯޑެއްގައި ގެސްޓެއްގެ ގޮތުގައި، ސިންހަޅަ ލަވައެއް ކަމުގައިވާ "މަނިކޭ މަގޭ ހިތޭ" ކިޔައިގެން މަޝްހޫރުވި ލަންކާ ލަވަކިޔުންތެރިޔާ ޔޯހާނީ ބައިވެރިވެއްޖެއެވެ.
ސަލްމާން ހުށަހަޅައިދޭ މި ބޮޑު ޝޯގައި ޔޯހާނީ ގެސްޓެއްގެ ގޮތުގައި ފެނިގެންދާއިރު، މިއީ ޔޯހާނީ އިންޑިއާގެ މިފަދަ ޝޯއެއްގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އަދި ބޮލީވުޑްގެ ތަރިއަކާއެކުވެސް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
މި އެޕިސޯޑުގު ޕްރޮމޯ ވީޑިއޯ އެއް މިހާރު އާއްމުކޮށްފައިވާއިރު، މި ވީޑިއޯއިން އެންމެން ސަމާލުކަން ދަމައިގަތީ ޔޯހާނީ އާއެކު ސަލްމާން ހާން އޭނަގެ ހިޓް ލަވަ "މަނިކޭ މަގޭ ހިތޭ" ކިޔުމުންނެވެ. އެގޮތުން ޔޯހާނީ އުޅެނީ ސިންހަޅަ ބަހުން ކިޔާ މި ލަވަ ސަލްމާން އަށް ދަސްކޮށްދޭން ވެގެންނެވެ.
Catch me on Bigg Boss 15 with @BeingSalmanKhan only on COLORS TV Endemol Shine India <3 <3 <3 pic.twitter.com/2og4HrUCey
— Yohani (@yohanimusic) October 9, 2021
ތި އަޑެއްގެ ވެރި ޔޯހާނީ އަކީ މިހާރު އިންޑިއާގެ ގިނަ ސެލެބްރިޓީންގެވެސް ފޭވަރިޓެވެ. އެއާއެކު އޭނަގެ އުއްމީދަކީވެސް ކޮންމެވެސް ދުވަހަކުން ބޮލީވުޑްގެ ލަވައެއ ކިއުމުގެ ފުރުސަތު ލިބުމެވެ.
ޔޯހާނީ ބުނީ، ސަލްމާންގެ ބިގް ބޮސް ޝޯއިން އޭނާއަށް ފުރުސަތު ލިބި، ސަލްމާން ހާން އާއެކު ލަވަކިޔުމުގެ ފުރުސަތު ލިބުމުން ގަބޫލުކުރަންވެސް އުނދަގޫވި ކަމަށެވެ.



