ޑިއުޓީ ނުނަގާ ޑީސަލް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

އިމްޕޯޓް ޑިއުޓީ އުނި ކޮށްފައިވާ ޑީސަލް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ހުޅުވާލުމުގެ ތައްޔާރީތައް ސަރުކާރުން ވާން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ޑީސަލުން ނަގާ ޑިއުޓީ ކަނޑާލަން ސަރުކާރުން ނިންމާފައި ވާތީ އެ ކަން ތަންފީޒު ކުރަން އެކުލަވާލަފައިވާ އުސޫލެއް މިހާރު އާންމުކޮށްފައިވާ ކަމަށެވެ.

މި އުޞޫލުގައިވާ ގޮތުން، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުނޅަދުތަކަށް އެކަންޏެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށްވާތީ، އެޕްލިކޭޝަން ޓެސްޓުކުރުމުގެ މަސައްކަތް މިހިނގާ ޖޫންމަހުގެ ތެރޭގައި މިފްކޯ އާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

އެޕްލިކޭޝަން ޓެސްޓުކުރުމަށްފަހު، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް މަސްވެރި އުޅަނދުތަކަށް ދޫކުރުމުގެ ޕްރޮގްރާމް އާންމުކޮށް ހުޅުވާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން، މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން ލައިސަންސް ނެތް އުޅަނދުތަކުން މަސްވެރިކަމުގެ ލައިސަންސް ނަގަން މިނިސްޓްރީ އެދެ އެވެ. އެޕްލިކޭޝަނާއި ލައިސަންސަށް އެދޭ ފޯމް މިނިސްޓްރީން ލިބެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ