ޝަހީދު ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުން ފޮޓޯއެއް ހަވާލުކުރަނީ-- 2017 ވަނަ އަހަރު

ޕީއެސްއެމް އިން ނަސްރުގެ ދުވަސް ލީ "ބީ" ކެޓެގެރީއަށް!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

19 ދިވެހިންގެ ޝަހީދުކޮށްލި، ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަށް އިއްޔައަކީ 33 އަހަރު ފުރުނު ދުވަހެވެ. މިއީ، 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާއާއި އެދުވަހު، އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ޝަހީދުވެދިޔަ ދިވެހީންގެ ހަނދާން އައުކުރާ ދުވަހެވެ.

ދިވެހިރާއްޖޭގައި ފަޚުރުވެރިކަމާއެކު ނަޞްރުގެ ދުވަހެއް ފާހަގަކުރަމުންމި އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުންނެވެ. ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުންނެވެ.

ދިވެހިރާއްޖެއަށް ޣައްދާރުވި އަދާވާތްތެރިވި ދިވެހިންގެ ބަޔަކާއި ގެ ޓެރަރިސްޓުން ގުޅިގެން ދިން މި އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 މީހަކު ޒަހަމްވިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިފައިންގެ 8 މީހަކު ހިމެނެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ސިފައިންގެ 18 މީހުން ހިމެނެއެވެ.

އެދުވަހުގެ ބިރުވެރިކަން އަޅުގަނޑުމެންނަށް ތަސައްވަރެއް ނުކުރެވޭނެއެވެ. އަދި އެ ދުވަހުގެ ހަނދާންތަކަކީ އެ ދުވަސް ދެކުނު ދިވެހިންނަށް ހަނދާނުން ނައްތާލަން އަދިވެސް އުނދަގޫ ދުވަހެކެވެ. އެގޮތުން މި ހާދިސާ ހިނގިފަހުން، ރާއްޖޭގައި ކޮންމެ އަހަރު ނޮވެމްބަރު 3 ފާހަގަކުރަމުން އަންނަނީ ވަރަށް ކުލަ ގަދަކޮށެވެ. ހާއްސަކޮށް މިދުވަސް ފާހަގަކުރުމުގައި ރާއްޖޭގެ މީޑިއާތަކުން ކުޅޭ ދައުރު ބޮޑެވެ. އެގޮތުން ދައުލަތުގެ މީޑިއާކަމުގައިވާ ޕީއެސްއެމުން ނަސްރުގެ ދުވަހާއި ގުޅިގެން މުޅި ދުވަހުގެ ޕްރޮގްރާމްތައް ހާއްސަކުރެވިފައި އޮންނަނީ އެ ދުވަހަށެވެ. ނަމަވެސް މިފަހަކުން އެ މަންޒަރުތައް ބަދަލުވާތަން މިވަނީ ފެންނަން ފަށައިފައެވެ.

ހާއްސަކޮށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މި ދުވަސް ފާހަގަކުރުމަށް އެހާ އަހައްމިއްޔަތުކަން ނުދޭކަމަށް ގިނަ އާއްމުންނާއި އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެކަން ފާހަގަވެގެން ދިޔަ އެންމެ ބޮޑު ސަބަބަކީ އިއްޔެ ޓީވީއެމްގެ ޕްރޮގްރާމް ގައިޑް ހާމަކުރި އިރު، އިއްޔެ ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅޭ އެއްވެސް ކަމެއް ހިމަނައިފައެއް ނެތުމެވެ. އެހެންވެ، ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ހިންގާ ޓީވީ ސްޓޭޝަނަށް އާއްމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

މި ފާޑުކިޔުންތައް އަމާޒުވުމާއެކު ޓީވީއެމްގެ ރަސްމީ މީސްމީޑިއާ އެކައުންޓްތަކުގައި ޕްރޮގްރާމް ގައިޑަށް ކުޑަ ބަދަލެއް އައި ކަަމަށް ބުނެ، "ހޭޔަންބޯ" ގެ ރިޕީޓް ޕްރޮގްރާމްގެ ބަދަލުގައި "ފަހްރް: ނަސްރުގެ ދުވަހަށް ހާއްސަ" ލަައިވް ކަވަރޭޖެއް ފަށާ ވާހަކަ އިއުލާންކުރިއެވެ. އަދި އާންމުން ކިޔަމުން އައި ފާޑުކިޔުންތަކަށް ރައްދު ދީ އަލީ ހާލިދު ބުނީ، ޓީވީއެމުން ވަނީ ރަސްމީ ގޮތުން ފާހަގަކުރާ މުހިއްމު ދުވަސްތައް ކެޓެގަރީތަކަށް ބަހައިފައި ކަމަށެވެ. އެއާއެކު ނަސްރުގެ ދުވަސް އެ ކެޓެގަރީން ލައްވާލީ "ބީ" ކެޓެގެރީ ގައެވެ.

އެމްޑީ ހާލިދު ބުނާ ގޮތުން ނަމަ، އޭ ކެޓަގަރީގައި ހިމެނެނީ ނޮވެމްބަރު 11 ގައި ފާހަގަކުރާ ޖުމްހޫރީ ދުވަހާއި ޖުލައި 26 ގައި ފާހަގަކުރާ މިނިވަން ދުވަސް އަދި އީދު ފަދަ ދުވަސްތަކެވެ. އެހެންކަމުން ދައުލަތުގެ މީޑިއާއަށް އެދުވަސްތައް ފަދަ ހާއްސަ ދުވަހަކަށް ނަސްރުގެ ދުވަސް ނުވީއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5

ހިޔާލު

  1. ފާއިޒު

    އެތަށްދިވެހިންނެއްޝަހީދުވެގެންދިޔަ ނޮވެންބަރު 3 (ނަސްރުގެދުވަސް) ބީ.ކެޓަގަރީގަލައްވާލިކަންވެސްހަމަނަސީބު

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް