ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 25 އައުޓް ޑޯރ ވޮލީ ކޯޓު ގާއިމްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި25 ވޮލީ ކޯޓުގެ އިތުރުން މިހާރު މީގެ ކުރިންވެސް ޔޫތު މިނިސްޓްރީން ވަނީ އެކި ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި އައުޓް ޑޯރ ވޮލީ ކޯޓުތަކެއް ގާއިމްކޮށްފައެވެ.
ވޮލީ ކޯޓު އެޅުމަށް ކޮންޓްރެކްޓުގައި ސޮއިކުރި ރަށްތަކަކީ ހދ. ފިނޭ، ކުމުންދޫ، ނޭކުރެންދޫ، ށ. ފުނަދޫ، މިލަންދޫ، ބ. ކެންދޫ، ގޮއިދޫ، ވ. ފެލިދޫ، ފުލިދޫ، ކެޔޮދޫ، ފ. މަގޫދޫ، ނިލަންދޫ، ތ. ހިރިލަންދޫ، މަޑިފުށި، ގއ. ވިލިނގިލި، ގއ. ދާންދޫ، ނިލަންދޫ، ކޮލަމާފުށި، ޅ. ހިންނަވަރު ކ. ތުލުސްދޫ، މ. ދިއްގަރު، ލ. ފޮނަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއެވެ. މި ކޯޓްތަކުގެ އިތުރުން މާލޭގައި 3 ކޯޓް އެޅުމަށް ވަނީ ނިންމާފައެވެ.
މި25 އައުޓް ޑޯރ ވޮލީ ކޯޓްތައް ކޮންޓްރެކްޓަރަކާއި ހަވާލްކުރުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އިބްރާހީމެވެ. އަދި އެކި ކޯޓްތައް ހަވާލްކުރި ކޮންޓްރެކްރައުންނާއި ޔޫތް މިނިސްޓްރީއާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.




