ބ. ގެމެންދޫއިން ބ. ހުޅުދޫއަށް ފަތުރުވެރިކަމާބެހޭ މިނިސްޓަރު މިއަދު ފަތާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، މިނިސްޓަރު އެއްރަށުން އަނެއް ރަށަށް ފަތަނީ "ސުޒުކީ މެރިން ސްވިމް މޯލްޑިވްސް ބާ ބީ.އާރ ކްރޯލް 2019" ގެ ނަމުގައި އެ މިނިސްޓްރީއާއި، ތިމާވެށީގެ މިނިސްޓްރީ އަދި ޔޫތް މިނިސްޓްރީގެ އިތުރުން ސްވިމް މޯލްޑިވްސް ގުޅިގެން ބ. އަތޮޅުގައި ކުރިއަށްގެންދާ ފެތުމުގެ ހަރަކާތް ނިންމުމުގެ ފެތުމުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
މި ފެތުމުގެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަދު ހަވީރު ބ.ކެންދޫގައެވެ.
މިނިސްޓަރު ޢަލީ ވަހީދު މިއަދު ބ އަތޮޅަށް ވަޑައިގަންނަވާއިރު، މިނިސްޓަރު ވަނީ މިމަހުގެ 7 އިން 9 އަށް ހއ އަދި ހދ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވާފައެވެ. މިނިސްޓަރުގެ އުތުރުގެ ދަތުރުފުޅުގައި ހއ.ދިއްދޫ، ހއ.ކެލާ އަދި ހދ.ކުޅުދުއްފުށީގެ އިތުރުން ހދ.ހަނިމާދުއަށް ވަޑައިގެންފައިވެއެވެ.
ހިޔާލު
?Thafanee