މަލާލާ ޔޫސުފްޒައި--

މަލާލާ ޔޫސަފްޒާއީ ކައިވެނިކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ނޯބަލް ޕީސް އިނާމު ހޯދައިފައިވާ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސަފްޒާއީ ކައިވެނިކޮށްފި އެވެ.

އިންގްލެންޑްގައި ބޭއްވި ކުޑަ ހަފްލާއެއްގައި، 24 އަހަރުގެ މަލާލާ ކައިވެނިކޮށްފައި ވަނީ، ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ މެނޭޖަރ އަސަރް މަލެކް އާއެވެ. މަލާލާ ކައިވެނިކުރިކަން އޭނަގެ ރަސްމީ މީސްމީޑިއާ އެކައުންޓުތަކުގައި އިއްޔެ ވަނީ ހާމަކޮށްފައެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ މަލާލާއަށް އުފާވެރި ދިރިއުޅުމަކަށް އެދި މަރުހަބާ ކިޔަމުންނެވެ.

ފިރިމީހާއާއެކު އިންގްލެންޑްގައި ނަގައިފައިވާ ހިތްގައިމު ފޮޓޯތައް މީސްމީޑިއާގައި އާއްމުކޮށް މަލާލާ ބުނީ، އިއްޔެ އަކީ އޭނަގެ ދިރިއުޅުމުގައި ބިންވަޅުނެގިގެންދާ ވަރަށް އަގުހުރި ދުވަހެއް ކަމަށެވެ. އަދި ފިރިމީހާ އަސެރް އާއި އޭނާ ކައިވެނީގެ ގޮށްޖަލާލީ މުޅި އުމުރަށް ދެމަފިރިންގެ ގޮތުގައި ތިބުމަށްކަމަށް އޭނާ ލިޔެފައިވެ އެވެ.

މަލާލާ ބުނިގޮތުގައި، ކައިވެނިކުރުމަށްފަހު ބާމިންހަމްގައި ހުންނަ އޭނަގެ ގޭގައި ދެ ފަރާތުގެ އާއިލާއާއެކު ކުޑަ ސައެއް ވަނީ ބާއްވާފައެވެ.

އަންހެން ކުދިންގެ ތައުލީމް ޕްރޮމޯޓް ކުރަން އުޅެނިކޮށް ތާލިބާނުން 2012 ވަނަ އަހަރު މަލާލާގެ ބޮލަށް ބަޑިޖެހި ހާދިސާއަށް މިހާރު ވަނީ ނުވަ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. މަލާލާގެ އުމުރުން 15 އަހަރުގައި އޭނާ އަށް ހަމަލާ ދިނީ ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ބަހުގައި އިންދަ އެވެ. މަލާލާގެ ފުރާނަ ކިރިޔާ ސަލާމަތްވި އިރު، ޕާކިސްތާނުގައި ފަރުވާ ދިނުމަށް ފަހު، މަލާލާ ވަނީ އިތުރު ފަރުވާ އަށް އިނގިރޭސި ވިލާތަށް ގެންގޮސްފައެވެ. އަދި އެއަށްފަހު އޭނާ ދިރިއުޅެމުން އަންނަނީ އިނގިރޭސި ވިލާތުގައެވެ.

މަލާލާ ވަނީ ޕޮލިޓިކްސް، ސައިކޮލޮޖީ އަދި އިކޮނޮމިކްސް އިން އޮކްސްފޯޑް ޔުނިވާސިޓީގައި ޑިގްރީ ހާސިލުކޮށްފައެވެ. އަދި 2014 ވަނަ އަހަރު އެންމެ 17 އަހަރުގައި މަލާލާ ވަނީ ނޯބެލްގެ ސުލްހައިގެ އިނާމް ހާސިލުކޮށްފައެވެ. މިހާ ހަގު އުމުރެއްގައި ނޯބަލް ޕްރައިޒް މިހާތަނަށް ހާސިލު ކުރި ފަރާތަކީވެސް މަލާލާ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް