މެސީ ހަތް ވަނަ ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އުފުލާލައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހާސިލުކޮށްފިއެވެ. ބެލޮންޑިއޯ އެވޯޑު ހަތްވަނަ ފަހަރަށް އުފުލާލާ، މެސީ ވެގެންގޮސްފައި މިވަނީ މި މަގާމު އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާ އަށެވެ.

މީގެ ކުރިން މެސީއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ 2009، 2010، 2011، 2012، 2015، އަދި 2019 ގައެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި މެސީ އާއި އެންމެ ވާދަވެރި އަދި މެސީ އާއި ޖެހިގެން ބެލޮންޑިއޯ އެވޯޑް އެންމެ ގިނައިން ކާމިޔާބު ކުރި ޕޯޗުގަލް އާއި މިހާރު މެންޗެސްޓަ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހަރު ދިޔައީ ހަ ވަނަ އަށެވެ. މީގެ ކުރިން ފަސް ފަހަރު މި އެވޯޑް ކާމިޔާބު ކުރި ރޮނާލްޑޯއަށް މި މަގާމު ލިބިފައި ވަނީ 2008، 2013 ،2014، 2016 2017 އަދި 2019 ވަނަ އަހަރު އެވެ.

މި ފަހަރުގެ ބެލޮންޑިއޯގެ ގަދަ 10 އަކަށް ބަލާއިރު، ދެ ވަނަ އަށް ދިޔައީ އެންމެ މޮޅު ފޯވާޑްގެ ޓްރޮފީ ހޯދި ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ތިން ވަނަ ހޯދީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެލްސީގެ އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. ހަތަރެއްގައި އޮތީ ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. ފަހެއްގައި ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ހިމެނުނުއިރު، ހައެއްގައި އޮތީ ރޮނާލްޑޯ އެވެ.

ހަތެއްގައި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ހިމެނުނުއިރު، އަށް ވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. ނުވަ ވަނައިގައި އޮތީ ޕީއެސްޖީގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭ އެވެ. އަދި 10 ވަނައިގައި ހިމެނުނީ އެންމެ މޮޅު ގޯލްކީޕަރަށް ދޭ ޔާސީން ޓްރޮފީ ހާސިލްކުރި ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އެވެ.

މެސީ، 34، ވަނީ އާޖެންޓީނާއާއެކު އެންމެފަހުން ބޭއްވި ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް ފުރަތަމަ ފަހަރަށް އާޖެންޓީނާއަށް ކާމިޔާބު ކޮށްދީފައެވެ. މި އަހަރު އޭނާ ޖެހި ލަނޑުގެ އަދަދު 40 އަށް އަރަ އެވެ. އެއީ ބާސެލޯނާއަށް 28، މިހާރުގެ ޓީމު ޕީއެސްޖީއަށް ހަތަރެއް އަދި އާޖެންޓީނާއަށް ހަތް ލަނޑެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް