އޭސީސީގެ މެންބަރު އަޝްރަފު -- ފޮޓޯ: ދައުރު/ އަނޫފު ޖުނައިދު

އޭސީސީގެ މެންބަރު އަޝްރަފު އިސްތިއުފާ ދެއްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު އަލީ އަޝްރަފު އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާގެ އިސްތިއުފާގެ ސިޓީ މިއަދު ރައީސްއަށް ފޮނުއްވާފައިވާކަން  އޭސީސީން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަޝްރަފް އެ މަޤާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާއި ގުޅިގެންނެވެ.

އޭސީސީގެ މެންބަރު ކަމަށް އަޝްރަފް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތެއްގައެވެ. އަދި އަޝްރަފު ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރީ 9 ސެޕްޓެމްބަރު 2019ގަ އެވެ.

އަޝްރަފް އެ ކޮމިޝަނުން އިސްތިއުފާ ދެއްވާފައި މިވަނީ،  ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އޭސީސީގެ މެންބަރުން މަސައްކަތް އަދާކުރާ މިންވަރު ބެލުމަށްފަހު، ކޮމިޓީއަށް ފެންނަ ނަމަ އެ މެންބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ