ށ. އަތޮޅު ފޭދޫގައި ދަންޖެހިފައި ހުރި އަންހެނަކު ސަލާމަތްކޮށްފިއެވެ.
ށ.ފޭދޫއިން "ފެށުމަށް" މަޢުލޫމާތު ދިން މީހަކު ބުނީ އަންހެން މީހާ ދަންޖެހުނު ވާގަނޑުގެ ސަބަބުން، ސަލާމަތް ކުރެވުނުއިރު އޭނާގެ ކަރުން ލޭއައިސްފައިވާ ކަމަށެވެ.
ދަންޖެހިފައި ހުއްޓާ ސަލާމަތްކުރި އަންހެން މީހާއަށް އެރަށު ޞިއްޙީމަރުކަޒުގައި ފަރުވާ ދެމުންދާއިރު، ޞިއްޙީ ޚާލަތާބެހޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ދަންޖެހިފައި ހުއްޓާ ފެނުނީ މީހަކާ އިނދެގެން އުޅޭ އަންހެނެއް ކަމަށާއި، މި ހާދިސާ ހިނގުމާއި ގުޅިގެން ފޯކައިދޫގައި މަސައްކަތްކުރާ ފުލުހުން ފޭދޫއަށް އައިސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ފޯކައިދޫ ޞިއްޙީމަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އިބްރާޙީމް ނައީމް "ފެށުމަށް" ވިދާޅުވީ، ދަންޖެހުނު އަންހެން މީހާލު ހާލު "ސްޓޭބަލް" ކަމަށެވެ.
ހިޔާލު
ޔަގީންތަ އޭނާ ނުފިލާކަން؟
ކޮމެންޓް ކުރުން ބަންދު