ދީމާ - ފޮޓޯ: ވާޖު

ޓީޓީ ވޯލްޑް ކަޕްގައި ދީމާގެ ފުރަތަމަ މެޗުން މޮޅުވެއްޖެ

ޕޯޗުގަލްގައި މިހާރު ކުރިއަށްދާ ޓޭބަލް ޓެނިސްގެ ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ މިކްސް ޑަބަލްސްގައި ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

ޕޯޗްގަލްގެ ވިލަ ނޮވާ ޑި ގަޔާގައި ކުރިޔަށްދާ މި މުބާރާތުގެ މިކްސް ޑަބަލްސް ކެޓަގަރީގައި ދީމާގެ ޕާޓްނަރަކީ ޗެކް ރިޕަބްލިކްގެ މާޓިސް ސިޕް އެވެ. މި މެޗު މި ދެ ޕެއާ ކާމިޔާބުކޮށްފައި ވަނީ  އޮސްޓްރޭލިއާގެ ނިއީ ޝުލޮން އާއި ސިހޯއިއޯސް ކޮންސްޓަންޓީނާގެ ޕެއާ 3-1 ސެޓުން ބަލިކޮށްފަ އެވެ.

ފުރަތަމަ ސެޓް ދީމާ އާއި ސިޕްގެ ޕެއާ ކާމިޔާބު ކުރީ 11-4 ންނެވެ. ދެވަނަ ސެޓުން 11-7 ން މޮޅުވި އެވެ. އެކަމަކު ތިން ވަނަ ސެޓްގައި ބަލިވީ 11-9 ންނެވެ. އެކަމަކު ފަހު ސެޓް ކާމިޔާބުކޮށް ދީމާ އާއި ސިޕްގެ ޕެއާ މެޗު ކާމިޔަބު ކުރި 07-11 ގެނެގޮސްގެންނެވެ.

ދީމާ އާއި އޭނާގެ މިކްސް ޑަބަލްސް ޕާޓްނާ މާޓިން ސިޕް ހޯދި މޮޅާއެކު ދިމާ ވެފައި ވަނީ ޓީވީގެ ވޯލްޑް ޗެމްޕިއަންޝިޕް މެޗެއް ކާމިޔާބު ކުރި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިންޔާ އަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ