އިންޑިއާގެ ޑިފެންސް ޗީފް ދަތުރު ކުރި ހެލިކޮޕްޓަރު ވެއްޓިއްޖެ

އިންޑިއާގެ ޑިފެންސް ޗީފް، ޖެނެރަލް ބިޕިން ރަވާތު ދަތުރުކުރި މިލިޓަރީ ހެލިކޮޕްޓަރު ވެއްޓިއްޖެ އެވެ.

މިއަދު އެކްސިޑެންޓް ހިނގި މި މިލިޓަރީ ހެލިކޮޕްޓަރުގައި 14 މީހަކު ދަތުރުކުރި އެވެ. އޭގެ އޭގެ ތެރޭގައި ޑިފެންސް ޗީފް ބިޕިންގެ އަންހެނުންނާއި، އޭނަގެ މުވައްޒަފުންވެސް ހިމެނޭ ކަމަށް "ދަ ޓައިމްސް އޮފް އިންޑިއާ"ގައި ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއަން އެއާ ފޯސް(އައިއޭއެފް) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އައިއޭއެފްގެ "އެމްއައި-17ވ5" އިންޑިއާގެ ޓަމިލް ނެޑޫ ސްޓޭޓްގެ ކުނޫރް ކައިރިން އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ. އަދި އެ ހެލިކޮޕްޓަރުގައި ޗީފް އޮފް ޑިފެންސް ސްޓާފް ބިޕިން ރަވާތު ހުންނެވިކަން ކަށަވަރުކޮށްދީފައި ވެއެވެ. 

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށައިފައިވާ ކަމަށްވެސް އައިއޭފް އިން ބުންޏެވެ. 

ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހެލިކޮޕްޓަރު ވެއްޓުމާއި ގުޅިގެން އޭގެ ދަތުރު ކުރި 4 މިހާކު މިހާތަނަށް މަރުވެފައިވާކަން ވަނީ ދެނެގަނެވިފައެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި މީހުން ސަލާމަތް ކުރުމަށް ޓީމުތަކުން ހަރަކާތްތެރިވާއިރު، ދެ މީހަކު ސަލާމަތްކުރެވި، ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ސަރަަހައްދުގައި 108 އެމްބިއުލަންސް ހަރަކާތްތެރިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި އެކްސިޑެންޓުގައި ޗީފް އޮފް ޑިފެންސް ސްޓާފް ބިޕިން ރަވާތުއާއި އޭނަގެ އަންހެނުންގެ ހާލަތަކީ ކޮބައިކަން އަދި ސާފެއް ނޫނެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުން، އެޑްމިޓްކޮށްގެން ބިޕިން އަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

*****

އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މި އެކްސިޑެންޓާއި ގުޅިގެން މިހާތަނަށް މަރުވެފައިވާ ހަތް މީހެއްގެ ހަށިގަނޑު ވަނީ ހޯދިފަ އެވެ.

****

ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އޭގެން ދަތުރުކުރި، ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތުއާއި، އޭނާގެ އަންހެނުންގެ އިތުރުން، ސިފައިންގެ 11 މީހަކުވެސް މަރުވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ