10.7 މިލިއަން ބެޑްނައިޓްސް ހަމަކޮށް، 2019 ގެ ރެކޯޑު މުގުރާލައިފި

2019 ވަނަ އަހަރުގެ ބެޑްނައިޓްސް ރެކޯޑު މުގުރާލައި، މިއަހަރު ނިމޭއިރު  ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި ދުވަހުގެ އަދަދު 11 މިލިއަން ބެޑްނައިޓަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ޑިސެމްބަރު 15 އާ ހަމައަށް ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި އަދަދު 10.7 މިލިއަން ބެޑްނައިޓް ފަހަނައަޅައި ގޮސް، މިއަހަރަށް ކަނޑައެޅި އަމާޒު ހާސިލުވެއްޖެ އެވެ. އެއާއެކު މިހާރު ލަފާކޮށްފައި ވަނީ މި މަސް ނިމުމުގެ ކުރިން ބެޑްނައިޓްސް 11 މިލިއަނަށް އަރާނެ ކަމަށެވެ.

މީގެ ކުރިން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މި ރެކޯޑް މުގުރާލެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ކޮވިޑްގެ ލޮކްޑައުނަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހުން ރާއްޖޭގެ ބޯޑަރު ޓުއުރިސްޓުންނަށް ހުޅުވާލި އިރު، ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު ރަނގަޅުވުމާއެކު، ރާއްޖޭއިން ޓުއުރިޒަމްގެ ސިނާއަތުގައި އެތައް ކުރިއެރުންތަކެެއް އަންނަނީ ހޯދަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓް މަންޒިލް ނުވަތަ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑް ރާއްޖޭން މި އަހަރުވެސް ވަނީ ހޯދައިފައެވެ. 2020 ވަނަ އަހަރުވެސް މި ޝަރަފު ހާސިލުކުރީ ރާއްޖެއިންނެވެ.

ރާއްޖެއިން ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހާސިލްކޮށްފައިވަނީ 18 މަންޒިލަކާ ވާދަކޮށްގެނެވެ. މީގެތެރޭގައި ދުބާއީ، ސްޕެއިން، ވިއެޓްނާމް، ޔޫއެސްއޭ އަދި ގްރީސް ހިމެނެ އެވެ.

މި މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އެ ދުވަހު 6،269 ފަތުރުވެރިން ރާއްޖެ އައެވެ. އަދި މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ އޮކްޓޯބަރު މަހުގައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ދިދަ ދަނޑި

    އޭރު ކޮވިޑާ ހެދި ގިނަ ޤައުމުތަކާ މި ރާއްޖެ ބަންދުވެފަ އޮތްކަމެއް ނޭނގޭބާ؟؟؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ