ފެނާއި ނަރުދަމާ ނުފެށި އޮތް ރަށްތަކުގެ މަޝްރޫއުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް

ފެނާއި ނަރުދަމާ ނެތް ރަށްތަކުގެ މަސައްކަތް ފަށަން ހަވާލުކޮށްފި

ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތް 23 ރަށެއްގައި ޙިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ނަރުދަމާގެ މަޝްރޫއުތައް ކުންފުނިތަކާއި ހަވާލުކުރީ މިވަގުތު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ކުރިއަށް ދާ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި މިއަދު ކުންފުނިތަކާއި ހަވާލުކޮށްފައި ވަނީ 16 ރަށެއްގެ ނަރުދަމާ އާއި 23 ރަށެއްްގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު އެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ،  މިއަދު ހަވާލުކުރި މަޝްރޫއުތައް ހިންގަން ދައުލަތުގެ ބަޖެޓުން 920 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެނާއި ނަރުދަމާ ގާއިމްކުރަން ވެވުނު އެއްބަސްވުންތަކުގެ ޖުމްލަ އަގު މިވަނީ 5.6 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.

މި މަޝްރޫއުތައް ހިންގަން ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ 5 ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.އެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ސްޓޭޓް އިލެކްޓިރް ކޮމްޕަނީ، މާކިޓެކް މޯލްޑިވިސް ޕްރިއިވެޓް ލިމިޓެޑް، ޑްބްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެޑައިގެންއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމް ގާއިމްވެފައި އޮތީ 37 ރަށެއްގަ އެވެ. އަދި ނަރުދަމާ އޮތީ 69 ރަށެއްގަ އެވެ.

މި ވަގުތު 48 ރަށެއްގަ ނަރުދަމާގެ މަސައްކަތް މި ސަރުކާރުން ކުރިއަށްދާއިރު, 60 ރަށެއްގައި ފެނުގެ ނިޒާމްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އަދި 32 ރަށެއްގައި ނަރުދަމާ އަދި 53 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރަން މިއަދު ހަވާކުރި ރަށްތަކަކީ ށ. ބިލެތްފަހި، ށ. ނޫމަރާ، ނ. މަގޫދޫ، ބ. ކިހާދޫ، ބ.ދޮންފަނު، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ކުޑަރަކިލު، ވ. ރަކީދޫ، ގއ. ދެއްވަދޫ، އދ. ދިއްދޫ، ގދ. ނަޑެއްލާ، ލ. ކުންނަހަންދޫ، މ. ނާލަފުށި، ލ. ހިތަދޫ އަދ މ. ރަތްމަންދޫ އެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމަށް މިއަދު ހަވާލުކުރި ރަށްތަކަކީ ނ. މިލަދޫ، ނ. ލަންދޫ، އދ. ފެންފުށި، ތ. ދިޔަމިގިލި، ކ. ތުލުސްދޫ، ތ. މަޑިފުށި އަދި އދ. އޮމަދޫ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ