ރައީސް ސޯލިހް މިއަދު މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ފާއިތުވި ތިން އަހަރު ކަރަންޓުގެ ޙިދުމަތް ދެގުނަ ކުރެވިއްޖެ: ރައީސް

ފާއިތުވީ ތިން އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތް ދެގުނަ ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނ. މަގޫދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ގިނަ ރަށްތަކުން އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް އައިއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންވިކަން ފާހަގަކުރެއްވި އެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައިވާ ރަށްތަކުގެ އަދަދު 20 ޕަސެންޓަށް ވެސް ނާރާކަމަށާއި އަދި ކަރަންޓުގެ ހިދުމަތްވެސް އޮތީ  އޮތީ ވަރަށް ދަށް ހާލަތެއްގައި ކަން ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި ދެވެމުންދަނީ 70 މެގަވޯޓުގެ ކަރަންޓު ކަމަށެވެ. ނަމަވެސް ފެނަކައިން ކޮށްދިން މަސައްކަތުން ސަރުކާރުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި މިއަދަދު ދެގުނަ ވެފައިވާކަމަށާއި، 140 މެގާ ވޮޓްގެ ކަރަންޓު މުޅި ރާއްޖޭގައި ފޯރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިހާތަނަށް އައިއިރު 133 ރަށަކަށް އިންޖީނު ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ޖުމުލަ 213 އިންޖީނު ބަހައްޓައި ދީފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ