ހޯމް ސޯލާ ޕްރިގްރާމް ހިންގުން ފެނަކައާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފެނަކަ

ހޯމް ސޯލާރ ޕްރޮގްރާމާއެކު ކަރަންޓަށް ކުރަންޖެހޭ ހޭދަބޮޑުތަނުން ކުޑަވެގެންދާނެ

ސޯލާ ހަކަތަ އުފައްދާ ނިޒާމުތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް ރާއްޖޭގައި ފަށާ ހޯމް ސޯލާރ ޕްރޮގްރާމާއެކު އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ފެނަކައިން ބުނެފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯމް ސޯލާ ޕްރޮގްރާމް ހިންގަން ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ. މި ޕްރޮޖެކްޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އައިމިނަތު ޝައުނާއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދެވެ.

މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަންޕްލޭންގައި ހިމަނާފައިވާ، 2023 ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިންގ އުސޫލުން ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް، އަދި 2030ވަނަ އަހަރުގެ ނިޔަލަށް ދިވެހި ރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ހެދުމަށް ދިވެހި ސަރުކާރުން އަމާޒުކޮށްފައިވާތީ، އެ ޓާގެޓް ހާސިލްކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެކެވެ.

ފެނަކައިން ބުނީ، މި ޕްރޮގްރާމުގެ ދަށުން، ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިވެގެންދިއުމާއެކު މިކަމުގެ ސަބަބުން، އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.

"މިސާލަކަށް، 300 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި މިޕްރޮގްރާމުގެ ދަށުން 2ކވި ގެ ސިސްޓަމެއް ގާއިމުކޮށްފިނަމަ، ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅާބަލާއިރު، %90 އަށްވުރެ ބޮޑު އަދަދެއް ކަރަންޓު ބިލުން ސަލާމަތްކުރެވޭނެ" ފެނަކައިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ދޫކުރެވޭ ހޯމް ސޯލާރ ނިޒާމް ތަކަކީ ނިސްބަތުން އަގުހެޔޮ، ރައްޔިތުމީހާގެ ޖީބަށް ލުއި، އަދި އިންސްޓޯލްމެންޓް އުސޫލުން ދޫކުރެވޭ ނިޒާމްތަކެކެވެ. ވީމާ، މާލީ ބޮޑުތަކުލީފެއް ނެތި މި ނިޒާމްތައް ފަރުދުންނަށްބައްލަވައިގަނެވޭނެ ކަމަށް ފެނެކައިން ފާހަގަކުރެއެވެ.

ސަރުކާރުން މި މަޝްރޫޢު ހިންގުމަށް ފެނަކައާއި ހަވާލުކުރާ ފައިސާއިން 2ކވ ގެ 1000 ސޯލާ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ