ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިކުރާ ގަވާއިދު ނެރެފި

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތައް ގިންތިކުރާނެ ޤަވާއިދު އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައިފި އެވެ.

ވިޔަފާރި ބެހިގެންވާ، އެންމެ ކުދި ވިޔަފާރި އާއި ކުދި ވިޔަފާރި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރާނެ ގޮތް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތައް
ގިންތިކޮށް، ވިޔަފާރިއަށް ލިބި ފައިވާ ގިންތިއަށް އަންނަ ބަދަލު ދަފުތަރުގައި ހިމަނައި، އެ މަޢުލޫމާތު އާންމުކުރުމުގައި މިނިސްޓްރީން ޢަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

އެ ޤަވާއިދުގައި ބުނެފައިވާ ގޮތުން، ގިންތިއަކަށް ވިޔަފާރިއެއް ކަނޑައެޅުމުގައި ބަލާނީ:

  • އެ ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި،
  • އަހަރަކަށް ލިބޭ އާމްދަނީގެ ޖުމުލަ އަދަދު (ޓޯޓަލް ރެވެނިއު) އާއި،
  • އަދި އަހަރަކަށް ލިބޭ ސާފު ފައިދާގެ އަދަދު (ނެޓް ޕްރޮފިޓް) ށެވެ.

ވިޔަފާރި ގިންތިކުރާނެ ގޮތް

  • އެންމެ ކުދި ވިޔަފާރި (0-5 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ، ސާފު ފައިދާ 75،000ރ. އާ ހަަމައަށް
  • ކުދި ވިޔަފާރި (6-30 މުވައްޒަފުން) އާމްދަނީ ފަސް ލައްކަ ރުފިޔާއަށް ވުރެ މަތި ފަސް މިލިއަނާ ހަމައަށް ސާފު ފައިދާ 75،000ރ. އަށްވުރެ މަތި، 750،000ރ. އާ ހަަމައަށް
  • މެދު ވިޔަފާރި (31-100 މުވައްޒަފުން) ފަސް މިލިއަން ރުފިޔާއަށް ވުރެ މަތި، 20 މިލިއަން ރުފިޔާއާ ހަމައަށް، ސާފު ފައިދާ 750،000ރ. އަށް ވުރެ މަތި، ތިން މިލިއަން ރުފިޔާ އާ ހަަމައަށް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި، ސާފު ފައިދާގެ އަދަދު، އެއިން ގިންތިއެއްގައި ބަޔާންކޮށްފައިވާ ތިން މިންގަނޑުން ކުރެ މިންގަނޑަކަށް ނުފެތޭނަމަ، އެ ވިޔަފާރި ގިންތިކުރާނީ، ކޮންމެ މިންގަނޑަކަށް އަންނަނިވި ނިސްބަތުން އިސްކަންދޭ އުސޫލުން ރިޢާޔަތްކޮށްގެންނެވެ. އެއީ:

  • މުވައްޒަފުންގެ އަދަދު – %40އިންސައްތަ
  • އާމްދަނީގެ ޖުމުލަ އަދަދު – %30 އިންސައްތަ
  • ސާފު ފައިދާގެ އަދަދު – %30 އިންސައްތަ
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ