ސޯސްއެއްގައި ހަލާލު ނޫން މާއްދާއެއް ހިމެނޭތީ ވިއްކުން ހުއްޓާލައިފި

ރާއްޖޭގެ ހޯލްސޭލް އިންޑަަސްޓްރީގެ މަޝްހޫރު ވިޔަފާރި ބްރޭންޑެއްކަމުގައިވާ އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ސޯސްގެ ބާވަތެއްގައި ހަލާލު ނޫން މާއްދާއެއް ބޭނުންކޮށްފައިވާތީވެ އެ ޕްރޮޑަކްޓް ވިއްކުން ހުއްޓާލައިފި އެވެ.

އެމްޔޫ ސްޓޯރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ،  ރާއްޖެއަށް ގެންނަ ޕްރޮޑަކްޓްސްތަކުގެ ތެރެއިން، ދާދިފަހުން އަލަށް ގެނައި އެއް ބާއްވަތެއް ކަމުގައިވާ "ކެމްޕާގްނާ ބޮލޮގްނައިސް ސޯސް" އުފެއްދުމަށް ބޭނުންކޮށްފައިވާ މާއްދާތަކުގެ ތެރޭގައި، ހަލާލު ނޫން މާއްދާއެއް ކޮންމެވެސް ވަރަކަށް ބޭނުން ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމާއިއެކު އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެމްޔޫ ސްޓޯރުން ބުންޏެވެ.

ނަމަވެސް އެ އުފެއްދުމުގައި ހިމެނޭ ހަލާލު ނޫން މާއްދާއަކީ ކޮބައިކަމުގެ ތަފްސީލެއް އެމްޔޫ ސްޓޯރަކުން ނުދެއެވެ.

މީގެ އިތުރުން އެ ބާވަތް ވިއްކުން ވަގުތުން ހުއްޓާލައި، ފިހާރައިގެ މުދާހަރުތަކުން އެއައިޓަމް ނާގައި އަދި އެކުންފުނީގެ އަތުން އެ ޕްރޮޑަކްޓް ގަނެފައިވާ ރީޓޭލަރުންގެ ފިހާރަތަކުން ވެސް އެ އައިޓަމް ނެގުމަށް އަންގައި އެފަރާތްތަކަށް ރިފަންޑް ދިނުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެމްޔޫ ސްޓޯރުން ނެރުނު ބަޔާނުގައި ބުނެފައެވެ.

އެމްޔޫ ސްޓޯރުން ވަނީ އި މިޕްރޮޑަކްޓް ގަނެފައިވާ ހުރިހާ ކަސްޓަރުންގެ ފަރާތުން މައާފަށް އެދިފައެވެ.

އެމްޔޫ ސްޓޯރަށް މި މައުލޫމާތު ލިބުމާއެކު އެކަން ކަސްޓަމަރުންނަށް ވަގުތުން އަންގާ، އެ ޕްރޮޑަކްޓް ވިއްކުން ވަގުތުން ހުއްޓާލާ، އަދި ކަސްޓަމަރުންގެ ކިބައިން މައާފަށް އެދުމުން އާންމުންގެ ގިނަ ބަޔަކު ވަނީ އެ ކުންފުނީގެ އެ އަމަލަށް ތައުރީފުކޮށްފަ އެވެ.

ކެމްޕާގްނާ ބްރޭންޑްގެ މި ސޯސް އަކީ އިޓަލީގެ އުފެއްދުމެކެވެ. އަދި މިއީ އާއްމުކޮށް ޕާސްތާ ހެދުމަށް ބޭނުންކުރާ ސޯސްއެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ