ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ވިޔަފާރިތަކަށް ހާއްސަކޮށް ބާއްވާ، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައިރައިޒުން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ އަކީ މި ސަރަހައްދުގެ އެންމެ ރަނގަޅު ޓްރެވަލް އަދި ހޮސްޕިޓަލިޓީ ދާއިރާ އިން ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އެވޯޑެކެވެ.
ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި ހިދުމަތް ދޭ ފަރާތްތަކަށް ވާދަކުރެވޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރިލް 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން މި އެވޯޑަށް ނޮމިނޭޝަން ފޮނުމުގެ ފުރުސަތުވު ވަނީ www.southasiantravelawards.com މެދުވެރިކޮށް އޮންލައިންކޮށް ހުޅުވާލައިފައެވެ.
މި އެވޯޑަސް 52 ކެޓަގަރީ އަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ބްރޭޑްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިއިރު، ވިޒިޓާޒް ޗޮއިސް އެވޯޑްސް އާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑަށް ވަސް ނޮމިނޭޝަން ފޮނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ އެވޯޑު މިދިޔަ އަހަރު ނުބާއްވައެވެ. އެއީ ކޮވިޑް 19 އާއި ގުޅިގެން ދަތުރު ފަތުރުކުރުމުގައި ދިމާވި އެކި ދަތިތަކާއި ގުޅިގެންނެވެ. އަދި 2020 ވަނަ އަހަރު މި އެވޯޑު ބާއްވައިފައިވަނީ ވާޗުއަލްކޮށެވެ. އެއީ އެ ހަފްލާ ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބާއްވަން ނިންމި ފަހަރެވެ.
މިއީ ސަޓާ އެވޯޑު ބާއްވާ 6 ވަނަ ފަހަރެވެ. ސަޓާ އެވޯޑްގެ ފުރަތަމަ ހަފްލާ 2016 ވަނަ އަހަރު ލަންކާގައި ބޭއްވިއިރު 2019 ވަނަ އަހަރުވެސް މި ހަފްލާ އޮތީ އެޤައުމުގައެވެ. 2017 ވަނައަހަރުގެ އެވޯޑް ހަފްލާ ރާއްޖޭގައި ބޭއްވިއރު 2018 އަހަރު އެ ހަފްލާ އޮތީ އިންޑިއާގައެވެ.
މިއަހަރުގެ އެވޯޑް ނައިޓް ބާއްވާނެ ވަކި ޤައުމެއް ސަޓާއިން އަދި އިޢުލާނެއް ނުކުރެއެވެ.
ކޮންމެ އަހަރަކުވެސް ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށްވަނީ ގިނަ ކެޓަގަރީތަކަކުން އެވޯޑް ލިބިފަ އެވެ. އެގޮތުން އެންމެ ފަހުން މި އެވޯޑު ބޭއްވި، 2020 ވަނަ އަހަރުގެ އެވޯޑު ހަފްލާގައި ވިޒިޓާސް ޗޮއިސް ކެޓެގެރީން ލީޑިން ހަނީމޫން ޑެސްޓިނޭޝަން ގެ އެވޯޑުވެސް ހާސިލުކުރީ ރާއްޖެ އެވެ.



