އެކި ޒާތްޒާޔުގެ މާ ގަސް ތަކަށް ލޯބި ނުކުރާ މީހަކު ވަރަށް މަދުވާނެއެވެ. ތަނަކުން ރިތި މާގަހެއް ފެންނައިރަށް އިޚްތިޔާރުން ބޭރުގައި "ވާއު" އޭ ބުނެވުން އެއީ ގިނަ ބަޔަކަށް ކުރެވޭ ކަމެކެވެ. ގޭތެރޭގައި މާ ގަސް ތަށް އިންދާ ކުޑަ ބަގީޗާއެއް ގެންގުޅުމަކީ ގިނަ މީހުން ކުރާހިތުން ކުރާ ކަމެކެވެ. މީއީ ކޮށްލަން ވަރަށް ސަޅިވެސް ކަމެކެވެ.
ބިޒީ މާހައުލެއްގައި ވަޒީފާ އަދާކުރުމަށްފަހު ގެއަށްއައިސް ވަންނަ އިރު މާގަސް ތަށްފެނުމަކީ މީހާގެ ސިކުނޑިއަށް ލުޔެއްލިބޭނެ ކަމެކެވެ. މީހާ ސްޓްރެސް ވުމުން ދުރުކޮއްދޭނެ ކަމެކެވެ. އެހެން ކަމުން ކިތަންމެ ކުޑަނަމަވެސް ބަގީޗާއެއް ހައްދައިގެން ގެންގުޅުން އެއީ ކިހާ ސަޅިކަމެއެއް ހެއްޔެވެ.
އިންސްޓަގްރާމް އައިޑީ ތެރެ ފަޅު ފިލުވާލުމަށްވެސް މާގަސްތަށް ވަރެއް ނެތެވެ. އެކިކުލަ ކުލައިގެ މާތަކުން މުޅި އިންސްޓަގްރާމް ފުރިފައި އޮތަސް ފޫހިކަމެއެއް ނެތި ބެލެނީ ލިބޭ ހިތްހަމަ ޖެހުމެއްގެ ސަބަބުންނެވެ.
މަގުމަތިން ހިނގާފައި ދާއިރު ފިހާރައެއްގައި ރީތި މާގަހެއް ވިއްކަން ހުއްޓާ ފެނިއްޖެނަމަ ދެވަނަ ނަޒަރެއް ނުދީ ދިއުން ވާނީ އުނދަގޫކަމަކަށެވެ. ކޮންމެހެން މަލެއްގަންނަން ނޫނަސް މާ ވިއްކާ ފިހާރަތަކަށް ވަންނަ މީހުން މަދެއްނުވާނެއެވެ. މިއީ އަހަރެމެންގެ ހިތުގައި މަލަށް ދެވިފައިވާ ލޯބިހާމަވާ ކަމެކެވެ.
ރީތި ޕޮޓު ތަކުގައި ކޮޓަރީގައި ނުވަތަ ގޭތެރޭގައި މާގަސްތަށް އަޅެ ބަހައްޓާ ހިތެއްނުވޭ ހެއްޔެވެ؟ ފިނިފެންމަލުން ފެށިގެން ތަފާތުއެކިވައްތަރުގެ ގަސްތަކަށް ދާންދެން އިންދާ ބެލެހެއްޓުމަކީ އެކަން ކުރާ ފަރާތުގެ އިތުރުން އެމަންޒަރު ފެންނަ މީހުންނަށް ވެސް ލިބޭނެ އުފަލެކެވެ.
ތިމާގެ ނަފްސަޝާއި، އެކުވެރިންނަށްވެސް ތިބާގެ ކުޑަ ކުޑަ މާ ބަގީޗާއިން ލިބޭ ލިތްހަމަ ޖެހުން ކުޑައެއް ނުވާނެކަން ގައިމެވެ. ވީއިރު، މާ ބަގީޗާއެއް ނުހައްދާ ވާކަށް ނެތްތާއެވެ!



