ސެކޯޔާ ހޯލްޑިންސް އަކީ މިވަގުތު ރާއްޖޭގައި ޖިމަކަށް ބޭނުންވާނެ އެންމެ ކޮލިޓީ ސާމާނު ސަޕްލައިކޮށްދޭ އެއް ކުންފުންޏެވެ. 2020 ވަނަ އަހަރު ފެށި މި ކުންފުނީގެ ވިޔަފާރީގެ މަޤުސަދަކަށްވީ އަތްފޯރާ ފަށުގައި ދިވެހި މާކެޓަށް ޖިމް އިކިއުޕްމެންޓްސް ފޯރުކޮށްދިނުމެވެ.
އޮންލައިން ވިޔަފާރިއެއްގެ ގޮތުގައި ފަށާ، އަދިވެސް އެގޮތުގައި ހުއްޓުމެއްނެތި ކުރިއަށްދާ ސެކޯޔާ ހޯލްޑިންގްސް އިން ކަސްޓަމަރުންނަށް ދޭ އެންމެ ބޮޑު އެއް ޔަޤީންކަމަކީ، އެންމެ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްސްތައް ފޯރުކޮށްދޭނެކަމެވެ. އަދި ކަސްޓަމަރުން ޤަބޫލުކުރާ މިންވަރަށްވުރެ ރަނގަޅު ޖިމް އިކިއުޕްމެންޓްސް ސެކޯޔާ ހޯލްޑިންގްސް އިން ލިބޭނެކަމެވެ.
އޭގެ އެންމެ ބޮޑު ހެއްކަކީ، އެމެރިކާގެ މާކެޓްގައިވެސް އެންމެ ނަން ހިނގާ، ޗައިނާގެ މަޝްހޫރު ހޯމް ޖިމް އިކިއުޕްމެންޓް ބުރޭންޑެއް ކަމުގައިވާ "އޯވިކްސް"، ސެކޯޔާ ހޯލްޑިންގްސް އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރުމެވެ. އޯވިކްސް ބްރޭންޑްގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓާ އަކީ ސެކޯޔާ ހޯލްޑިންގްސް އެވެ.

ސެކޯޔާ ހޯލްޑިންގްސް އިން ސަޕްލައިކޮށްދޭ އޯވިކްސް ބްރޭންޑްގެ މޮޑެލް ތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް މޮޑަލަކީ އެ ބުރޭންޑުގެ "ސުމާޓު ރަން ޓުރެޑްމިލް" އެވެ. ސުމާޓު ރަން ޓުރެޑްމިލަކީ އެކްޓިވް ލައިފްސްޓައިލެއް ދަމަހައްޓަން ބޭނުންވާ ފަރާތްތަކަށް އަދި ގެއިން ބޭރަށް ގޮސް ދުވަން ވަގުތު ނުލިބޭ މީހުންނަށްވެސް ގޭގައި ހުރެގެން އެކަން ކުރަން އެންމެ ރަނގަޅު ޓުރެޑުމިލެވެ. އަދި މި ޓުރެޑްމިލްގެ އިތުރު ފީޗާ ތަކަކީ ގޭގައި ތިބެގެން ފިޓްވާން ބޭނުންވާ ފަރާތްތަކަށް އެންމެ ފުރިހަމަ ފީޗާތަކެވެ.

ސުމާޓު ރަން ޓުރެޑްމިލްގެ އެންމެ ހާއްސަ ކަންތައްތަކަށް ބަލާއިރު، މި ޓުރެޑްމިލް ޑިޒައިން ކޮށްފައިވަނީ އެއްތަނުން އަނެއްތަނަށް އެއްވެސް އުނދަގުލަކާ ނުލާ ގެންދެވޭނެ، ވަރަށް ބަރުދަން ލުއި އެއްޗެއްގެ ގޮތުގައެވެ. މީގެ އިތުރުން ފަށްޖަހާލެވޭ ގޮތަށް ޑިޒައިންކޮށްފައިވާ މި ޓްރެޑްމިލް ބެހެއްޓުމަށް ގޭގެ މާބޮޑު ޖާގައެއް ބޭނުމެއް ނުވާނެއެވެ. "ސުުމާޓު ރަނަކީ" ހާއްސަކޮށް ޖާގަ ކުޑަ ސިޓިންގު ރޫމްތަކަށް ފަރުމާކޮށްފައިވާ މެޝިނެކެވެ. ބޭނުންކޮށް ނިމުމުން އެއްވެސް ތަނެއްގައި ލައްކުރުމެއްނެތި ކޮޅަށްވެސް ބަހައްޓާލެވޭނެ މެޝިނެކެވެ.

ސުމާޓު ރަން ޓުރެޑްމިލްގެ އިތުރުން ސެކޯޔާ ހޯލްޑިންސް އިން އޯވިކްސް ބުރޭންޑުގެ އިތުރު ތިން މޮޑެލެއްގެ ޓުރެޑްމިލެއްވެސް ވަނީ ރާއްޖޭގެ ބާޒާރަށް ނެރެފައެވެ. އެއީ އޯވިކްސް ބުރޭންޑުގެ އައި-ވަން, ކިއުޓޫއެސްޕުލަސް އަދި އެކްސްތުރީޕުލަސް އެވެ. މީގެ އިތުރުން އާރު ހަންޑުރެޑުގެ ރޯވިންގު މެޝިންވެސް ވަނީ ބާޒާރަށް ތަޢާރަފްކޮށްފައެވެ.

ސެކޯޔާ ހޯލްޑިންގްސް އިން މި ޕްރޮޑަކްޓްތައް ވިއްކަމުންދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށެވެ. އެގޮތުން އެމީހުންގެ އެންމެ މައި ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ ފޭސްބުކާއި އިންސްޓަގްރާމްއެވެ. އަދި މި މަހުގެ 23 އިން ފެށިގެން ސެކޯޔާ ހޯލްޑިންގްސް އިން ވަނީ ބޮޑު ޕްރޮމޯޝަނެއްވެސް ފަށައިފައެވެ. އެގޮތުން ސެކޯޔާ ހޯލްޑިންސްގެ ފޭސްބުކް ޕޭޖުގައި ކުރިއަށްދަނީ ގިވް އަވޭ އެކެވެ. މި ގިވް އަވޭގައި ބައިވެރިވެފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ މީހަކަށް ލިބެނީ އޯވިކްސް ބްރޭންޑްގެ ސްމާޓް ރަން ޓްރެޑްމިލް އެކެވެ. މި ގިވް އަވޭގެ ގުރުއަތު ނެގުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ، ސެކޯޔާ ހޯލްޑިންގްސްގެ ފޭސްބުކް ޕޭޖަށް ފޮލޯ ކޮށްލުމަށްފަހު، ގިވް އަވޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަނުގައި ތިން ރައްޓެހިންނަށް ޓެގްކޮށް، އެ ޕޯސްޓް ޝެއާކޮށްލުމެވެެ.

ސަކޯޔާ ހޯލްޑިންސް އިން ވިއްކާ ޖިމްސް އިކިއުޕްމެންޓްގެ އަގުތައް:
ސުމާޓު ރަން ޓުރެޑްމިލް: 6800.00 ރުފިޔާ
Q2SPLUS ޓުރެޑްމިލް – 8990.00 ރުފިޔާ
I1 ޓުރެޑްމިލް – 10499.00 ރުފިޔާ
X3PLUS ޓުރެޑްމިލް – 11990.00 ރުފިޔާ
R100 ރޯވިންގް މެޝިން – 6800.00 ރުފިޔާ
ހިޔާލު
ތިޔައީ ހުސް ޓްރެޑްމިލް ވިއްކާ ބައެއްތަ؟ ޢެހެން ބާވަތެއްގެ އިކުއިޕްމަންޓެއް ނެތްތަ ގޭގައި ބޭނުންކޮށްލާކަހަލަ.
މީ ހަމަ ނަމްބަރު ވަން. މަވެސް ގެންގުޅެނީ ސުމާޓުރަން މެޝިނެއް. ހިދުމަތް ވަރަށް ބެސްޓު ތަނެއްމީ.
ކޮމެންޓް ކުރުން ބަންދު