"ބޮޑުތިލަދުންމަތީގެ ދޮންވެލި ތުނޑިތައް އެދި ގޮވަނީ ރަށު ފަތުރުވެރިކަމަށް"

ބޮޑުތިލަދުންމަތީގެ ނަލަ ދޮންވެލި ތުނޑިތަކުންވެސް އެދި ގޮވަނީ ރަށު ފަތުރުވެރިކަމަށް ކަމުގައި ޓްވަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅު ވެއްޖެއެވެ.

‎ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރެއްވި ޓްވީޓެއްގައި ޓްވަރިޒަމް މިނިސްޓަރ ވިދާޅުވެފައިވަނީ" ބޮޑުތިލަދުންމަތީގެ ނަލަ ދޮންވެލި ތުނޑިތަކުންވެސް އެދި ގޮވަނީ ރަށުފަތުރުވެރިކަމަށް" ކަމަށެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 40 އަށްވުރެ ގިނަ ދުވަސްވެފައިވާއިރު މުޅިރާއްޖޭގައިވެސް ޓްވަރިޒަމް ނެއް ހަމަ އެކަނި އަތޮޅަކީ ހދ. އަތޮޅެވެ. 2018 ވަނަ އަހަރު ކުރީކޮޅު ރިސޯޓެއް ހުޅުވިނަމަވެސް ހދ އަތޮޅުގައި އެންމެ އެދެވޭ ގޮތުގައި ފަތުރުވެރިކަން ކުރިޔަށްދާނެ ގޮތް ވަނީ ނުވެފައެވެ.

މި ޓްވީޓްގައި މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ، ބޮޑުތިލަދުންމަށްޗަށް، ޚާއްސަކޮށް ތިލަދުންމަތީ ދެކުނުބުރީ ގެ ރައްޔިތުންނަށްވެސް އުންމީދުން ފުރިގެންވާ މެސެޖެކެވެ. މިނިސްޓަރު ވިދާޅުވީ، "ﷲ އިރާދަފުޅުން ރައީސް އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ޒަޢާމަތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިމާވެއްޓާއި ޘަގާފަތާ ރައްޓެހި ފަތުރުވެރިކަމުގެ މަންޒިލްތަކަށް ރައްޔިތުން ކުރާއުންމީދު ހާސިލްވާނެ" ކަމަށެވެ.

‎ރާއްޖޭގެ ނަލަ ދޮންވެލިތުޑިއެއްގައި ފިޔަވަޅަކާއެކު ހުރި ފޮޓޯއަކާއެކު ކުރި ޓްވީޓްއިން އެންމެ ބޮޑު އުފާވެރިކަމެއް ބިގެން ދިޔައީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށްކަމާމެދު ޝައްކެއްނެތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ